އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ އިދާރާއާއި އަވަށު އޮފީސް ތަކުގައި ސޯލަރ ޕަވަރ ސިސްޓަމް ހަރު ކުރުމާއި ގުޅިގެން ނިންމާފައިވާ ނިންމުން ރިވިއުކުރުން

18 ފެބުރުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި އިދާރާގެ އަވަށު އޮފީސް ތަކުގައި ސޯލަރ ޕަވަރ ސިސްޓަމް ހަރު ކުރުމާއި ގުޅިގެން ނިންމާފައިވާ ނަމްބަރު 426-B (3)/2020/155 ނިންމުން ރިވިއު ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން   

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މިއިދާރާއާއި މި އިދާރާގެ އަވަށު އޮފީސް ތަކުގައި ސޯލަރ ޕަވަރ ސިސްޓަމް ކޮންޓްރެކްޓަރފައިނޭންސް އުޞޫލުން ޑިޒައިން ސަޕްލައި، އިންސްޓޯލް އަދި ކޮމިޝަން ކުރުމަށް ފަރާތަކާއި ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމުނު މިއިދާރާގެ ނަމްބަރު 426-B (3)/2020/155 ނިންމުން، ރިވިއުކުރުމަށް ފެންނަކަމަށާއި، މިގޮތުން މިމައްސަލަ ރިވިއު ކުރާއިރު ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި، ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ބީލަންތައް ކުރިއަށް ގެންދިއުމުގައި، ސަރަހައްދަށް ނިސްބަތްވާ ބީލަން ވެރިންނަށް އިސްކަން ދިނުމަށް ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތްކޮށް، މިމައްސަލަ ރިވިއު ކުރުމަށް ބިޑް ކޮމިޓީއަށް ފޮނުވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ، އިބްރާހީމް ޝުކުރީ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ޙިޔާޟް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/26

ތާރީޚް: 18 ފެބުރުއަރީ 2021