އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ މަސްއޫލިއްޔަތު ޙަވާލުކުރާނެ މުވައްޒަފަކު ކަނޑައެޅުން

18 ފެބުރުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ މަސްއޫލިއްޔަތު ޙަވާލުކުރާނެ މުވައްޒަފަކު ކަނޑައެޅުން.

މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ، ޢަބްދުއްﷲ ޞާދިޤް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މިވަގުތު ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ޙަވާލު ކުރައްވާފައި ހުންނެވި ޑިރެކްޓަރ ޝިޒްލީނާ އަސްލަމް ޗުއްޓީއަށް ވަޑައިގެންފައިވާތީއާއި، ޝިޒްލީނާ އަސްލަމް ދެން އޮފީހަށް ނިކުންނަވާނެ ކަމަށް ލަފާ ކުރެވެނީ ވިހެއުމުގެ ޗުއްޓީ ނިންމެވުމަށްފަހު ކަމަށް ވާތީ، މި މުއްދަތަކީ ދިގު މުއްދަތެއް ކަން ފާހަކޮށް، އަލުން ސެކްރެޓަރީ ޖެނަރަލްގެ މަސްއޫލިއްޔަތު ޙަވާލު ކުރާނެ ބޭފުޅަކު ކަނޑައެޅޭނީ ކައުންސިލްގެ މަޝްވަރާގެ މަތިންކަމަށް ވެފައި، މިއިދާރާގެ 2 ޑިވިޜަނުގައި 2 ޑިރެކްޓަރުން ތިއްބެވުމާއެކު، 1 ޑިރެކްޓަރު ޗުއްޓީ ނެންގެވުމުން، އެ މުވައްޒަފުގެ މަސްއޫލިއްޔަތު ޙަވާލުކުރަން ޖެހޭނީ ދެންހުންނެވި ޑިރެކްޓަރަށް ކަމަށް ފެންނާތީ، މިއިދާރާގެ ކޯޕަރޭޓް ސަރިވިސް ޑިވިޜަންގެ ޑިރެކްޓަރުގެ ވަޒީފާގެ މަސްއޫލިއްޔަތާއި، ސެކްރެޓަރީ ޖެނަރަލްގެ މަޤާމުގެ މަސްއޫލިއްޔަތު 18 ފެބްރުވަރީ 2021 ވަނަ ދުވަހުން ފެށިގެން ޑިވެލޮޕްމަންޓް ސަރވިސް ޑިވިޜަންގެ ޑިރެކްޓަރ މުޙައްމަދު ޔަސްރިފް އާއި ޙަވާލުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުން ދެއްވި ވޯޓުގެ ނަތީޖާ އެއްވަރުވުމާއި ގުޅިގެން ރިޔާސަތުން ދެއްވި ވޯޓާއިއެކު، ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި:  މޭޔަރ، ޢަބްދުﷲ ޞާދިޤް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/28

ތާރީޚް: 18 ފެބުރުއަރީ 2021