އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިއިދާރާގެ ބޭންކް އެކައުންޓް ތަކުގައި ސޮއިކުރާ ފަރާތްތައް މުރާޖަޢާކޮށް، ބޭންކް އެކައުންޓް ތަކުގައި ސޮއިކުރާ ބޭފުޅުން ކަނޑައެޅުން

18 ފެބުރުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މިއިދާރާގެ ބޭންކް އެކައުންޓް ތަކުގައި ސޮއިކުރާ ފަރާތްތައް މުރާޖަޢާކޮށް، ބޭންކް އެކައުންޓް ތަކުގައި ސޮއިކުރާ ބޭފުޅުން ކަނޑައެޅުން.  

މައްސަލަ ހުށަހެޅި ފަރާތް: ފައިނޭންސް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، މިއިދާރާގެ އެކައުންޓް ތަކުގައި ސޮއިކުރާނެ ފަރާތްތައް ކަނޑައަޅައި ނިންމާފައިވާ ނަމްބަރު 426-AA (N)/2017/119 ނިންމުން މުރާޖަޢާ ކޮށް، 18 ފެބްރުވަރީ 2020 އިން ފެށިގެން ތިރީގައި ބަޔާން ކުރެވިފައިވާ މިއދާރާގެ އެކައުންޓްތައް އޮޕަރޭޓް ކުރުމުގައި 10000.00ރުފިޔާ (ދިހަހާސްރުފިޔާ) އިން ފެށިގެން ދަށުގެ ޢަދަދު ތަކުގެ ޗެކްތަކުގައި ސޮއި ކުރައްވާނީ، ކައުންސިލަރ ޖަމްޝީދާ މުހައްމަދު، ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު، ޑިރެކްޓަރ މުހައްމަދު ޔަސްރިފް، އެސިސްޓެންޓް ޑިރެކްޓަރ ޝައިބާ އަނީސް، އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ލުޠުފީ، މި 5 ބޭފުޅުންގެ ތެރެއިން 1 ބޭފުޅަކު ކަމަށާއި،

10000.00ރުފިޔާ (ދިހަހާސްރުފިޔާ) އިން ފެށިގެން މަތީގެ ޢަދަދު ތަކުގެ ޗެކްތަކުގައި 2 ވަނަ ސޮއި ކުރައްވާނީ ކައުންސިލަރ ޖަމްޝީދާ މުހައްމަދު، ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު، ޑިރެކްޓަރ މުޙައްމަދު ޔަސްރިފް، އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ލުޠުފީ، މި 4 ބޭފުޅުންގެ ތެރެއިން 1 ބޭފުޅަކު ކަމަށާއި، 10000.00ރުފިޔާ (ދިހަހާސް ރުފިޔާ) އިން ފެށިގެން މަތީގެ ޗެކްތަކުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް 1 ވަނަ ސޮއި ކުރައްވާނަމަ، އެފަރާތަކަށް 2 ވަނަ ސޮއި ނުކުރެވޭނެ ކަމަށް ކަނޑައެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

    އިސްވެ ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން އޮޕަރޭޓް ކުރުމުގެ ހުއްދަ ދެވިފައިވާ އެކައުންޓް ތައް.

  • އެކައުންޓް ނަމްބަރު : 7708 700341 001
  • އެކައުންޓް ނަމްބަރު : 7708 700341 003
  • އެކައުންޓް ނަމްބަރު : 7708 700341 002
  • އެކައުންޓް ނަމްބަރު : 7708 700341 004
 

 

ތާއީދު ކުރެއްވި:  ކައުންސިލަރ، ޙުސައިން ޙިޔާޟް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ފައިޞަލް އިބްރާހީމް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/29

ތާރީޚް: 18 ފެބުރުއަރީ 2021