އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ތަރުކާރީއާއި މޭވޭގެ ބާވަތްތައް ރައްކާކުރުމަށް ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމަށް ބިމެއް ހަމަޖެއްސުން

23 ފެބުރުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ފަރާތުން ދަނޑުވެރިކަމުގެ ސިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމުގެ ގޮތުން އައްޑޫގައި ތަރުކާރީއާއި މޭވޭގެ ބާވަތްތައް ރައްކާކުރުމަށް ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމަށް ބިމެއް ހަމަޖެއްސުން 

މައްސަލަ ހުށަހެޅި ފަރާތް: އިދާރީ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއަކީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ދަށުން ދިވެހިރާއްޖޭގެ ދަނޑުވެރި ކަމުގެ ސިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި އުފައްދާފައިވާ ކުންފުންޏަކަށް ވެފައި، ދަނޑުވެރިކަމުގެ ސިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރޭގައި އައްޑޫގައި ތަރުކާރީއާއި މޭވޭގެ ބާވަތްތައް ރައްކާކުރުމަށް ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމަށް ބިމެއް ހަމަޖެއްސަވައި ދެއްވުން އެދި ހުށަހަޅާފައިވާ މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫގައި ތަރުކާރީއާއި މޭވޭގެ ބާވަތްތައް ރައްކާކުރުމަށް ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމަށް، އައްޑޫސިޓީ މީދޫ ބަނދަރު ސަރަހައްދުން 3000 އަކަފޫޓު (ތިންހާސް އަކަފޫޓް) ގެ ބިމެއް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ހަމަޖެއްސުމަށް  ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ޙުސައިން ޙިޔާޟް 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ފައިޞަލް އިބްރާހީމް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/31

ތާރީޚް: 23 ފެބުރުއަރީ 2021