އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫ ފުޓްސަލް ދަނޑެއް ހެދުމަށް ހުށަހަޅާ ބިމާމެދު ކައުންސިލުން ގޮތެއް ނިންމުން

23 ފެބުރުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މީދޫ ފުޓްސަލް ދަނޑެއް ހެދުމަށް ހުށަހަޅާ ބިމާމެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: މީދޫ އަވަށު އޮފީސް  

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހުށަހަޅާފައިވާ މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އައްޑޫސިޓީ މީދޫ އަވަށުގައި ފުޓްސަލް ދަނޑެއް ތަރައްޤީ ކުރުމަށް ބިމެއް ހަމަޖެއްސުމަށް އެދިފައި ވުމާއެކު، އައްޑޫސިޓީ މީދޫ އަވަށުގައި މިފަދަ ދަނޑެއް ތަރައްޤީ ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ފެންނާތީ، މީދޫ ސްޕޯރޓްސް އެރީނާގައި ފުޓްސަލް ދަނޑު އެޅުމަށް ޗާޓުގައި ފާހަގަކޮށްފައިވާ ބިން ޤަވާޢިދާއި އެއްގޮތަށް ކަނޑައެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ޙިޔާޟް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/32

ތާރީޚް: 23 ފެބުރުއަރީ 2021