|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ފޭދޫ ސްކޫލްގެ ދަރިވަރުން ސްކޫލަށް ދާ ގަޑިއާއި ސްކޫލް ނިމޭ ގަޑީގައި ފޭދޫ ސްކޫލްގެ މަގު ބަންދު ކުރުން. |
||||
|
މައްސަލަ ހުށަހެޅި ފަރާތް: އިދާރީ ސެކްޝަން |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: " މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހުށަހަޅާފައިވާ މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ސ.ފޭދޫ ސްކޫލަކީ ގިނަ ދަރިވަރުންތަކެއް ތަޢުލީމު ޙާޞިލު ކުރަމުން އަންނަ ސްކޫލަކަށް ވެފައި، ސްކޫލް ދަރިވަރުން ސްކޫލަށް ގޮސް އައިސް ހަދާ ވަގުތު ތަކުގައި ސްކޫލް ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ބާރު ބޮޑުވެ ތަފާތު ގިނަ ދަތިތަކާއި ކުރިމަތިވަމުން އަންނާތީ، ސްކޫލްގެ ކިޔެވުން އޮންނަ ދުވަސްތަކުގައި، (ހެނދުނު 06:30 އިން 07:00 އަށް އަދި ހެނދުނު 10:30 އިން މެންދުރު ފަހު 12:30 އަށް) ސ. ފޭދޫ އޯކިޑްމަގުން ރަށްދެބައިމަގަށް ވަންނަ ހިސާބުން ފެށިގެން ޗާނދަނީމަގާއި ހަމައަށް ހިމެނޭ ސަރަޙައްދަކީ އެއްގަމު އުޅަނދު ދުއްވުން މަނާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ތާއީދު ކުރެއްވި: ކައުންސިލަރ، ފައިޞަލް އިބްރާހީމް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

