އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ މަރަދޫ ފޭދޫ އަވަށުގައި ފެނައިކައިގެ އޮފީސް ޢިމާރާތެއް އެޅުމަށް ބިމެއް ހަމަޖެއްސުން

23 ފެބުރުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ މަރަދޫ ފޭދޫ އަވަށުގައި ފެނައިކައިގެ އޮފީސް ޢިމާރާތެއް އެޅުމަށް ބިމެއް ހަމަޖެއްސުން      

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހުށަހަޅާފައިވާ މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ފެނަކަ ކޯޕަރޭޝަންގެ މިހާރު އޮފީހާއި އެސް.ޓީ.އޯ ފިހާރައާއި ދެމެދު އޮތް ހުސް ބިމުން 5000އަކަފޫޓުގެ ބިމެއް ހަމަޖެއްސުމަށާއި އައު އޮފީހަށް ބަދަލުވެ ކުރީގެ އޮފީސް އިމާރާތާއި، ބިން ކައުންސިލާއި ޙަވާލުކުރުމަށް ޝަރުޠުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ޙުސައިން ޙިޔާޟް     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ފައިޞަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/38

ތާރީޚް: 23 ފެބުރުއަރީ 2021