މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ފޭދޫ އަވަށުގެ މީހުން ވަޅުލާ ސަހަރާ ފުރިފައިވާތީ ފޭދޫ އަވަށުގައި މީހުން ވަޅުލުމަށް ސަހަރާ އެއް ހެދުން. |
||||
މައްސަލަ ހުށަހެޅި ފަރާތް: ފޭދޫ އަވަށު އޮފީސް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހުށަހަޅާފައިވާ މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ފޭދޫ އަވަށުގައި މީހުން ވަޅުލުމަށް ބޭނުން ކުރަމުން އަންނަ ސަހަރާ ފުރުމަކީ، ރައްޔިތުންގެ މަސްލަޙަތާއި ގުޅިފައިވާ ސީރިއަސް މައްސަލައެއްކަން ފާހަގަކޮށް، ފޭދޫ އަވަށުގައި މީހުން ވަޅުލުމަށް ފޭދޫ ހިއްކި ބިން ސަރަހައްދުން ސަހަރާ ހެދުމަށް ކަނޑައެޅިފައިވާ ބިމުގައި މީހުންވަޅުލާ ސަހަރާ ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށާއި، މި ސަހަރާ ހެދުމުގެ މަސައްކަތަކީ، 2021 ވަނައަހަރުގެ ކައުންސިލްގެ ބަޖެޓްގައި ހިމެނިފައިވާ މަސައްކަތަކަށް ނުވާތީއާއި، މިމަސައްކަތް ކުރިއަށް ގެންދިއުމަށް އިތުރަށް ބޭނުންވާ ފައިސާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގައި ދަންނަވައިގެން ލިބޭތޯ މަސައްކަތް ކުރުމަށާއި، އަދި މިއީ މިވަގުތު ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއްކަމަށް ދެކޭތީ، ކައުންސިލްގެ ބަޖެޓްގައި ފޭދޫއަވަށުގެ ކަންކަމަށް ޚަރަދު ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓްގެ ތެރެއިން ފައިސާ ޚަރަދު ކުރާގޮތަށް ސަހަރާ ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޤާވާޢިދާއި އެއްގޮތަށް އިޢުލާނުކޮށް ސަހަރާގެ މަސައްކަތް އަވަހަށް ފެށޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާހީމް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
އައްޑޫސިޓީ ފޭދޫ އަވަށުގެ މީހުން ވަޅުލާ ސަހަރާ ފުރިފައިވާތީ ފޭދޫ އަވަށުގައި މީހުން ވަޅުލުމަށް ސަހަރާ އެއް ހެދުން