|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ހުޅުދޫގައި ޢިމާރާތްކޮށްފައިވާ 48 ފްލެޓްތެރެއިން ބާކީ ހުރި ފްލެޓްތައް ދޫކުރާނެ ކެޓަގަރީތައް ކަނޑައެޅުން. |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: " މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހުށަހަޅާފައިވާ މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީ ހުޅުދޫގައި ސަރުކާރުން ޢިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން 43 ފްލެޓް ދޫކުރާނެ ކެޓަގަރީ ކަނޑައެޅުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެދިވަޑައިގެންފައިވާތީ، މިފްލެޓް ތަކުގެ ކެޓަގަރީ ތައް ކަނޑައެޅުމުގައި، އައްޑޫސިޓީ ހުޅުދޫ އަދި މީދޫ ރައްޔިތުންނަށް ޚާއްޞަ ކެޓަރގަރީގެ ގޮތުގައި 26 ފްލެޓް، އައްޑޫސިޓީ ހުޅުދޫ އާއި މީދޫގައި މިހާރު ދިރިއުޅޭ ރަށުން ބޭރު ފަރާތްތަކާއި އަދި ހުޅުދޫއަށް ޙިޖުރަ ކުރަން ބޭނުންވާ އެހެންރަށްތަކުގެ ރައްޔިތުންނަށް ޚާއްޞަކުރެވޭ ކެޓަގަރީގެ ގޮތުގައި 10 ފްލެޓް، އަދި ކައުންސިލް ހައުސިންގ ގޮތުގައި ޚާއްޞަކުރެވޭ ކެޓަގަރީ ގޮތުގައި 07 ފްލެޓް ކަނޑައެޅުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ތާއީދު ކުރެއްވި: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

