އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އަވަށު އޮފީސް ހިމެނޭ ގޮތަށް ކައުންސިލްގެ އިދާރާގެ ގޯއްޗާއި ޢިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް

11 މާރޗް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ހިތަދޫ އަވަށު އޮފީސް ހިމެނޭ ގޮތަށް ކައުންސިލްގެ އިދާރާގެ ގޯއްޗާއި ޢިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް  

މައްސަލަ ހުށަހެޅި ފަރާތް: ބިޑް ކޮމިޓީ 

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހުށަހަޅާފައިވާ މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ބިޑްކޮމިޓީގެ މަސައްކަތު މަރުހާލާގައި އެންމެ މަތިން މާރކްސް ދެވިފައިވާ ފަރާތުގެ ބިޑްފޯމުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވޭތީ، މިމައްސަލަ ބިޑް ކޮމިޓީގައި އިތުރަށް ދިރާސާ ކުރުމަށްފަހު ނިމޭ ގޮތެއްގެ މަތިން، އައްޑޫ ސިޓީ ހިތަދޫ އަވަށު އޮފީސް ހިމެނޭ ގޮތަށް ކައުންސިލްގެ އިދާރާގެ ގޯއްޗާއި ޢިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ފަރާތަކާއި ޙަވާލު ކުރުމުގެ މަސައްކަތު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ޢަލީ ފަހުމީ އަހްމަދު   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ފައިޞަލް އިބްރާހީމް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/46

ތާރީޚް: 11 މާރޗް 2021