އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ މީދޫ ޕަބްވޯރކްސް ސަރވިސަސްގެ ވެހިކަލް ތަކުގެ ތަޅުދަނޑިތައް އާރްޑީސީން ނެގި މައްސަލަ

4 މާރޗް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ހުޅުދޫ މީދޫ ޕަބްލިކް ވޯރކްސް ސަރވިސަސްގައި ހުރި ވެހިކަލްތައް ބޭނުން ނުކުރެވޭ ގޮތަށްއެ ވެހިކަލް ތަކުގެ ތަޅުދަނޑިތައް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑް އިން ނަގައި ހުޅުދޫ އަދި މީދޫ އަވަށުގެ މަގުތައް ހެދުމަށް ހުރަސް އަޅާފައިވާ މައްސަލަ.   

މައްސަލަ ހުށަހެޅި ފަރާތް: ޕްރޮޖެކްޓް ސެކްޝަން   

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ކައުންސިލްގެ މައްޗަށް ލާޒިމްކުރާ ޒިންމާތައް ތަންފީޒުކުރުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުން ރައީސުލް ޖުމްހޫރިއްޔާގެ  އޮފީހުގެ ނަންބަރ : 1-CBO (PAR)426/2018/2 (06 ޑިސެމްބަރ 2018) ސިޓީއިން އައްޑޫސިޓީގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް މި އިދާރާއާއި މަތިކޮށްކޮށްފައިވާ މސްއޫލިއްޔަތު އަދާ ކުރުމަށްޓަކައި، ކުރިން ޕަބްލިކް ވަރކްސް ހުޅުދޫ މީދޫ ގައި ބޭނުންކުރި ވެހިކަލްތައް މިއިދާރާއާއި ޙަވާލުކޮށް ދިނުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަނޓްގެ ނަންބަރ: 138-AS6/426/2018/31 (09 ޑިސެމްބަރ 2018) ސިޓީއާއި ނަންބަރ: 138-AS6/426/2018/32 (17 ޑިސެމްބަރ 2018) ސިޓީއިން އަންވާފައިވާކަމަށާއި،

ޙަވާލާ ދެވުނު ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ ސިޓީގައި ބަޔާންކޮށްފައިވާ ޚިދުމަތްތަކަށް ރިޢާޔަތްކޮށް މެދުކެނޑުމެއްނެތި އެޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރ: 426-AB/471/2019/7 (20 ފެބްރުއަރީ 2019) ސިޓީއިން އައްޑޫ ސިޓީ ޕަބްލިކް ވަރކްސް ޔުނިޓްތަކުގެ މުވައްޒަފުންނާއި ބަޖެޓާއި އެންމެހާ ވަސީލަތްތަކާއި ލިޔެކިޔުންތައް އައްޑޫ ސިޓީ ކައުންސިލަށް ބަދަލު ކޮށްދެއްވުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ދެންނެވިފައިވާނެ ކަމަށާއި، 

ނަމަވެސް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރްކްޗަރގެ ނަންބަރ: 471-PWS/426/2020/38 (27 އޮގަސްޓް 2020) ސިޓީގައި މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރ: 13-M/471/2020/19 (26 ޖަނަވަރީ 2020) ސިޓީއާއި ޙަވާލާދީ އެމިނިސްޓްރީއިން އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުދޫ މީދޫގެ ޕަބްލިކް ވާރކްސް ޔުނިޓުގެ ވެހިކަލްތަކުގެ ތެރެއިން ޙަވާލާދެވުނު ސިޓީއާއި އެ ސިޓީއާއި އެކު ހީރަސް ކުރެވުނު ލިސްޓުގައިވާ ވެހިކަލްތައް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރ.ޑީ.ސީ)އާއި ޙަވާލުކޮށްދެއްވުމަށް އެދިފައިވާ ކަމަށާއި،  މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މި ސިޓީއާއި ހަވާލާދީ އާރްޑީސީގެ ނަންބަރ: RDC-ADM/426/2020/7 (02 ސެޕްޓެމްބަރ 2020) ސިޓީއިން އެކޯޕަރޭޝަނުގެ ވެހިކަލްތައްކަމަށް މިނިސްޓްރީގެ ސިޓީގައި ހަވާލާ ދެވުނު ލިސްޓުގައިވާ ވެހިކަލްތައް އެކޯޕަރޭޝަނާއި ޙަވާލުކޮށްދެއްވުމަށް އެދިފައިވުމާއި، 

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ނަންބަރ: 426-AA/471/2020/53 (09 ސެޕްޓެމްބަރ 2020) ސިޓީއިން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރ: 471-PWS/426/2020/38 (27 އޮގަސްޓް 2020) ސިޓީއާއި ހަވާލާދީ ސިޓީގައި ބަޔާންކުރެވުނު ވެހިކަލްތަކަކީ ޤާނޫނު ނަންބަރ 7/2010 ލާމަރުކަޒީ ޤާނޫނުގެ 5ވަނަ ބާބުގެ 42ވަނަ މާއްދާގެ ދަށުން ކައުންސިލަށް ލާޒިމުކުރާ ޚިދުމަތްތަކާއި މަސައްކަތް ކުރުމަށް ސަރުކާރުން މިއިދާރާއާއި ޙަވާލުކުރުމަށް ދެންނެވިފައިވާ ވެހިކަލްތަކެއްކަން ދަންނަވާފައިވާނެކަމަށާއި،

 އަދި އައްޑޫ ޕަބްލިކް ވާރކްސް ސާރވިސެސް މިއިދާރާއާއި ޙަވާލު ކުރެއްވިއިރު އެތަނުގައި ހުރީ ބޭނުންކުރެވޭ މަދު ވެހިކަލްތައް ކަމުގައިވެސް މިސިޓީގައި ފާހަނގަކޮށްފައިވާނެކަމަށާއި، އަދި ހަމަ އެހެންމެ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ ސިޓީގައި ބަޔާންކޮށްފައިވާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް މެންޑޭޓު ކަނޑައަޅައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މި ކައުންސިލަށް އެ މަސްއޫލިއްޔަތު އަދާކުރުމަށް މަތިކޮށްފައިވާ ކަމަށާއި، މި މަސްއޫލިއްޔަތު އަދާކޮށް ޚިދުމަތް ދިނުމަށް ދަތިތައް ދިމާވާނެތީ، މިނިސްޓްރީގެ ސިޓީގައިވާ ގޮތުގެމަތިން އެވެހިކަލްތަށް އާރުޑީސީ އާއި ޙަވާލުކުރެވެން ނެތްވާހަކަ މިއިދާރާގެ ސިޓީގައި ދެންނެވިފައިވާނެކަމަށާއި ،

 މީގެއިތުރުން މިއިދާރާގެ ސިޓީ ނަންބަރ: 426-AA/RDC/2020/1 (14 ސެޕްޓެމްބަރ 2020) ސިޓީއިން އާރްޑީސީގެ ނަންބަރ: RDC-ADM/426/2020/7 (02 ސެޕްޓެމްބަރ 2020) ސިޓީއަށް ޙަވާލާދެމުން ވެހިކަލްތަށް ދޫކުރެވޭގޮތައް ހަމަޖެހިފައި ނުވާ ވާހަކަވެސް އެކޯޕަރޭޝަނަށް ދެންނެވިފައިވާތީއާއި،  މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރ: (MEMO)471-PWS/471/2020/1431  (08 އޮކްޓޯބަރ 2020) މެމޯގައި ނަންބަރ: (MEMO)471-PWS/471/2020/1311 (15 ސެޕްޓެމްބަރ 2020) މެމޯއަށް ހަވާލާދީ އާރްޑީސީއަށް ހަވާލުކުރަންޖެހޭ ވެހިކަލްތައް ލިޔުމުން އެދުވަހު (08 އޮކްޓޯބަރ 2020)ގައި ހަވާލުކުކުރުމަށް   ޕަބްލިކް ވޯކްސް އައްޑޫ ޔުނިޓަށް އަންގާފައިވުމާއި، 

 ނަމަވެސް މިއިދާރާގެ ނަންބަރ: 426-AA/471/2020/62 (08 އޮކްޓޯބަރ 2020) ސިޓީއިން މިނިސްޓްރީގެ ނަންބަރ: (MEMO)471-PWS/471/2020/1431 (08 އޮކްޓޯބަރ 2020) މެމޯއާއި ޙަވާލާދީ އެ މެމޯގައި ބަޔާންކޮށްފައިވާ ވެހިކަލްތަކަކީ ބޮޑު އާބާދީއެއްގެ ހިމެނޭ ގިނަ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭނުންކުރެވެމުންދާ ވެހިކަލްތައްކަމާއި، ކުއްލި ގޮތަކަށް ޚިދުމަތްތައް ހުއަޓާލަންޖެހުމަކީ އެތަކެއް ރައްޔިތުންނާއި މިއިދާރާއިން ނުހަނު ކަންބޮޑުވާ ކަމެއްކަމުގައި ދަންނަވާފައިވާނެ ކަމަށާއި. އަދި ރައީސުލް ޖުމްހޫރިއަޔާ އޮފީހުގެ ނަންބަރ : 1-CBO (PAR)426/2018/2 (06 ޑިސެމްބަރ 2018) ސިޓީގައި ދެންނެވުނު ޒިންމާތައް އަދިވެސް އެގޮތުގައި ދެމިއޮތުމުން ސިޓީ ކައުންސިލަށް އެވެހިކަލްތައް އާރޑީސީއާއި ހަވާލުކުރެވެން ނެތްވާހަކަ ދެންނެވިފައިވުމާއި ، 

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރ: (MEMO)471-PWS/471/2020/1432  (10 އޮކްޓޯބަރ 2020) މެމޯއިން އެ ވެހިކަލް ތައް  އާރުޑީސީ އަށް ލިޔުމުން  ޙަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީ އަންގާފައިވާތީ ތަޅުދަނޑި އާރުޑީސީއަށް ދޫކޮށްދެއްވުމަށް މިއިދާރާގައި އެދިފައިވާ ކަމަށާއި ، 

03 މާރޗް 2021 ގައި  އާރުޑީސީގެ ސިޓީ ނަންބަރ: RDC-ADM/426-2021/02  (03 މާރޗް 2021) އިން އެދިފައިވާ ވެހިކަލްތަކާއި ކޮމްޕެކްޓަރތައް  11 މާރޗް 2021 ގެ ކުރިން ޙަވާލުކުރުމަށް އަންގާފައިވުމާއި  އަދި ޙަވާލުނުކޮށްފިނަމަ ވެހިކަލް ކުއްޔައް ދޫކުރާ އުސޫލުތެރެއިން ކުލި ހިގާނެކަމަށް ވެސް އަންގާފައިވަތީއާއި،

އިސްވެ ބަޔާން ކުރެވިފައިވާ ނުކުތާތަކުގައި ހިމެނޭ ކަންކަމަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ކައުންސިލްގެ މައްޗަށް ލާޒިމްކުރާ ޒިންމާތައް ތަންފީޒުކުރުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުން އައްޑޫގެ ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްދިނުން މަތިކޮށް ރައީސުލް ޖުމްހޫރިއްޔާގެ  އޮފީހުގެ ނަންބަރ : 1-CBO (PAR)426/2018/2 (06 ޑިސެމްބަރ 2018) ސިޓީއިން މި އިދާރާއާއި  ޙަވާލު ކޮށްފައިވާތީއާއި، މިގޮތުގެ މަތިން އައްޑޫސިޓީ ކައުންސިލާއި މަތިކުރެވިފައިވާ ޒިންމާ އަދާކުރުމަށް ދަތިކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މި ކައުންސިލަށް ބިރުދައްކައި، ހުޅުދޫ މީދޫ ޕަބްލިކް ވޯރކްސްގައި ހުރި ވެހިކަލްތަކުގެ ތަޅުދަނޑިތައް މިއިދާރާއަށް އެންގުމަކާއި ނުލައި ރޯޑް ޑިވެލޮޕްމަންޓުން ނަގާފައިވަނީ ޤާނޫނާއި ޚިލާފަށް ކަމުގައިވާތީއާއި،  

ކުރިން ޕަބްލިކް ވަރކްސްގައި ބޭނުންކުރި ވެހިކަލްތައް މިއިދާރާއާއި ޙަވާލުކޮށް ދިނުމަށާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަނޓްގެ ނަންބަރ: 138-AS6/426/2018/31 (09 ޑިސެމްބަރ 2018) ސިޓީއާއި ނަންބަރ: 138-AS6/426/2018/32 (17 ޑިސެމްބަރ 2018) ސިޓީއިން އަންވާފައިވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ މި އެންގުންތަކަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކޮށްފައިނުވާތީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ ސަމާލުކަމަށް މިމައްސަލަ ގެންދިއުމަށާއި،

މި ވެހިކަލްތައް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ބަދަލުކުރުމުގެ މަޤްޞަދަކީ، ވެހިކަލްތައް އައްޑޫއިން ގެންދިއުމަށް ކަމަށް ބެލެވޭތީ އާއި، މައްސަލައާއި ގުޅިގެން އައްޑޫގެ ރައްޔިތުންގެ ޙައްޤުގައި އިންޞާފު ހޯދުމަށް ޝަރުޢީ ކޯޓުތަކަށް މި މައްސަލަ ހުށަހެޅުމަށް  ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ފައިޞަލް އިބްރާހީމް  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ޙިޔާޟް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/44

ތާރީޚް: 4 މާރޗް 2021