އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައި.އާރު. ޤުރުއާން ކްލާހާއި ދާރުއްނޫރު ޤުރުއާން ކްލާސް ހިނގުމަށް ބިން ކަނޑައެޅުން

23 މާރޗް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައި.އާރު. ޤުރުއާން ކްލާހާއި ދާރުއްނޫރު ޤުރުއާން ކްލާސް ހިނގުމަށް ބިން ކަނޑައެޅުން .

މައްސަލަ ހުށަހެޅި ފަރާތް: ހިތަދޫ އަވަށު އޮފީސް  

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީގައި ކުޑަކުދިންނަށް ޤުރުއާން އުގަންނައި ދިނުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ޤުރުއާން ކްލާސް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯދައި ދިނުމުގެ ގޮތުން، ހިތަދޫ އަވަށުގައި ޤުރުއާން ކްލާސް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިން ދޫކުރުމަށް ޤަވާއިދާއި އެއްގޮތަށް ފުރުޞަތު ހުޅުވާލައި ޢާއްމުކޮށް އިޢުލާނު ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ޙުސައިން ޙިޔާޟް     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހީމް ޝުކުރީ    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 02 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/51

ތާރީޚް: 23 މާރޗް 2021