މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ސްޓޯމް ވޯޓަރ ޑްރައިނޭޖް ނެޓްވޯރކް ސާފު ކުރުމުގެ މަސައްކަތަށް މުވައްޒަފުން ހޯދުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ފޭދޫ އަވަށު އޮފީސް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ފޭދޫ އަވަށުގެ ގިނަ މަގުތަކަކީ ވެލި މަގުތަކަށްވެފައި، އަވަށުގެ ސްޓޯމް ވޯޓަރ ޑްރައިނޭޖް ނެޓްވޯރކްގެ މަސައްކަތް ކޮށްފައިވާ ގޮތުން ސިސްޓަމުގައި މައްސަލަޖެހި ހިރަފުހާއި ކިސަޑުން ޑްރައިނޭޖް ނެޓްވޯރކް ސިސްޓަމްފުރި އެ ސިސްޓަމް ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ދަތިވެފައިވާތީއާއި، އޮފީހުގެ މުވައްޒަފުންގެ ދަތިކަން ހުރުމުން މިސިސްޓަމް ބެލެހެޓުމަށް ދަތިވެ ރައްޔިތުންނަށް ތަފާތު އުދަގޫތައް ކުރިމަތިވާތީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ސަމާލުކަމަށް މިމައްސަލަ ހުށަހެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، ފައިޞަލް އިބްރާހީމް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 04 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ސްޓޯމް ވޯޓަރ ޑްރައިނޭޖް ނެޓްވޯރކް ސާފު ކުރުމުގެ މަސައްކަތަށް މުވައްޒަފުން ހޯދުން