އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ފްލެޓް ސަރަޙައްދުގައި މުއާޞަލާތީ އެންތަރނާއެއް ޖެހުމަށް ބިން ހަމަޖެއްސުމަށް އުރީދޫ މޯލްޑިވްސް އިން ހުށަހަޅާފައިވާ މައްސަލަ

23 މާރޗް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫ ފްލެޓް ސަރަޙައްދުގައި މުއާޞަލާތީ އެންތަރނާއެއް ޖެހުމަށް ބިން ހަމަޖެއްސުމަށް އުރީދޫ މޯލްޑިވްސް އިން ހުށަހަޅާފައިވާ މައްސަލަ  

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު،  އައްޑޫސިޓީ ހިތަދޫ ފްލެޓް ސަރަޙައްދަކީ ގިނަ ޢަދަދެއްގެ އަބާދީއެއް ދިރިއުޅޭ ސަރަހައްދަކަށްވެފައި، މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުނަށް މުއާޞަލާތީ ޚިދުމަތް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން މި ނިންމުމާއި އެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓްގައި ފާހަގަ ކުރެވިފައިވާ ބިން އުރީދޫ އެންޓަރނާ ހަރުކުރުމަށް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ފައިޞަލް އިބްރާހީމް     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/60

ތާރީޚް: 23 މާރޗް 2021