އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޕަބްލިކް ވާރކްސް ސަރވިސަސް ހުޅުދޫ މީދޫ ސައިޓްގެ ބެލުމުގެ ދަށުގައި ހުރި ކޮންޓެއިނަރ ހުޅުދޫ މީދޫ ޕޮލިސް ސްޓޭޝަނަށް ލިބޭނެގޮތް ހަމަޖެއްސުން

31 މާރޗް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ޕަބްލިކް ވާރކްސް ސަރވިސަސް ހުޅުދޫ މީދޫ  ސައިޓްގެ ބެލުމުގެ ދަށުގައި ހުރި ކޮންޓެއިނަރ ހުޅުދޫ މީދޫ ޕޮލިސް ސްޓޭޝަނަށް ލިބޭނެގޮތް ހަމަޖައްސަވައި ދެއްވުން އެދި ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ހުޅުދޫ އަވަށު އޮފީސް  

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، އައްޑޫސިޓީ ހުޅުދޫ މީދޫ އެމް.ޓީ.ސީސީ ސައިޓުން ކޮވިޑް 19 ގެ ޕޮޒިޓިވް ކޭސްތައް ފެނުމާއި ގުޅިގެން އަވަށް ފުރަބަންދުގެ ޙާލަތަށް ގެންދިޔަ ޙާލަތުގައި އެމް.ޓީ.ސީ.ސީ ސައިޓް މޮނިޓަރ ކުރުމަށް ޕޮލިހުންނާއި ޙާވަލުކުރެވުމާއި ގުޅިގެން، ހުޅުދޫމީދޫ ޕަބްލިކް ވާރކްސް ސަރވިސަސް ސައިޓްގެ ބެލުމުގެ ދަށުގައި ހުރި ބާ ކޮންޓެއިނަރ ބޭނުންކޮށްގެން މެދުބަނދަރުގައި ހަދާފައިވާ ޕޮލިސް ޕޯސްޓަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަމުގައި ދާއިމީ ކަރަންޓް ލެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ، ޖަމްޝީދާ މުހައްމަދު     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ     

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/62

ތާރީޚް: 31 މާރޗް 2021