އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައި.އާރު. ޤުރުއާން ކްލާހާއި ދާރުއްނޫރު ޤުރުއާން ކްލާސް ހިންގުމަށް ބިން ކަނޑައެޅުމުގެ މައްސަލައާ ގުޅޭ ކައުންސިލްގެ ނިންމުން ރިވިއުކުރުން

6 އެޕްރީލް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައި.އާރު. ޤުރުއާން ކްލާހާއި ދާރުއްނޫރު ޤުރުއާން ކްލާސް ހިނގުމަށް ބިން ކަނޑައެޅުމަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ނިންމާފައިވާ  ކައުންސިލްގެ ނަންބަރު: 426-B (3)/2021/51 ނިންމުމން ރިވިއު ކުރުން

މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ، ޢަބްދުﷲ ޞާދިޤް    

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ޤުރުއާން ކްލާސް ތައް ހިންގުމަކީ އިޖްތިމާޢީ ކަމަކަށް ވެފައި މީގެ ކުރިންވެސް އިޖްތިމަޢީ ކަންކަމަށް ބިން ދޫކުރެވިފައި ހުރިކަން ފާހަގަ ކުރެވޭތީ، އައި.އާރު. ޤުރުއާން ކްލާހާއި ދާރުއްނޫރު ޤުރުއާން ކްލާސް ހިނގުމަށް ބިން ކަނޑައެޅުމަށް ހުށަހެޅުނު މައްސަލަ ރިވިއުކޮށް ހިތަދޫ އަވަށު އޮފީހުގެ މަޝްވަރާއާއި އެކީ ހިތަދޫ ސްޓޭޖް ސަރަޙައްދުން އައި.އާރު. ޤުރުއާން ކްލާހާއި ދާރުއްނޫރު ޤުރުއާން ކްލާސް ހިނގުމަށް ބިން ދޫކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ އިބްރާހީމް ޝުކުރީ     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ، ޢަލީ ފަހުމީ އަހްމަދު      

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/64

ތާރީޚް: 6 އެޕްރީލް 2021