އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ އަވަށު އޮފީހަށް 1.5 ނުވަތަ 2.0 ޓަނުގެ ސެކަންޑް ހޭންޑްގެ ޑީސަލް ޕިކަޕެއް ހޯދުން

6 އެޕްރީލް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މަރަދޫ އަވަށު އޮފީހަށް 1.5 ނުވަތަ 2.0 ޓަނުގެ ސެކަންޑް ހޭންޑްގެ ޑީސަލް ޕިކަޕެއް ހޯދުން  

މައްސަލަ ހުށަހެޅި ފަރާތް: މަރަދޫ އަވަށު އޮފީސް  

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ޕިކަޕެއް ގަތުމަށް 2019 ވަނައަހަރު ކައުންސިލް އިދަރާގެ އަވަށްތަކަށް ޕިކަޕް ގަތުމަށް ނިންމާފައިވާ ނިންމުން ކުރިއަށް ގެންދިއުމަށާއި، މި ނިންމުން ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް އެލް.ޖީ.އޭ އަދި ދައުލަތުގެ އިދާރާތަކުން ހޯދަން ޖެހޭ ހުއްދަ ހޯދައިގެން މައްސަލަ ކުރިއަށް ފެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ، ޙުސައިން ހިޔާޟް     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ     

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/65

ތާރީޚް: 6 އެޕްރީލް 2021