އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގައި އިތުރު ދެ ސަރަހައްދެއް ފަތުރުވެރިކަމަށް ކަނޑައެޅުމަށްޓަކައި ލޭންޑް ޔޫޒް ޕްލޭންގައި ހިމެނުމަށް ކައުންސިލުން ކަނޑައެޅުން

6 އެޕްރީލް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގައި އިތުރު ދެ ސަރަހައްދެއް ފަތުރުވެރިކަމަށް ކަނޑައެޅުމަށްޓަކައި ލޭންޑް ޔޫޒް ޕްލޭންގައި ހިމެނުމަށް ކައުންސިލުން ކަނޑައެޅުން

މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ، ޢަބްދުﷲ ޞަދިޤް   

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ފުރުޞަތު ތައް ފަހި ކުރުމުގެ ގޮތުން އައްޑޫސިޓީ ހިތަދޫ ޢީދިގަލި ކިޅި ހިމެނޭ ސަރަޙައްދުގައި އޮތް ފުޓްބޯޅަ ދަނޑުހިމެނޭ ސަރަހައްދު ( ޗާޓްގައި ފާހަގަ ކުރެވިފައިވާ ސަރަޙައްދު) އަދި ފޭދޫ އަވަށުގެ ފުޓްބޯޅަ ދަނޑު ހިމެނޭ ސަރަޙައްދު ( ޗާޓްގައި ފާހަގަ ކުރެވިފައިވާ ސަރަޙައްދު)  ފަތުރުވެރިކަމަށް ކަނޑައެޅުމަށްޓަކައި ލޭންޑް ޔޫޒް ޕްލޭންގައި ހިމެނުމަށް  ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު      

ހުށަހެޅުން ހުށަހެޅި:  މޭޔަރ، ޢަބްދުﷲ ޞާދިޤް    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/67

ތާރީޚް: 6 އެޕްރީލް 2021