އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫގައި ޢިމާރާތް ކޮށްފައިވާ ފްލެޓް ތަކުގެ މެއިންޓެނެންސް ބެލެހެއްޓުން

22 އެޕްރީލް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫގައި ޢިމާރާތް ކޮށްފައިވާ ފްލެޓް ތަކުގެ މެއިންޓެނެންސް ބެލެހެއްޓުން

މައްސަލަ ހުށަހެޅި ފަރާތް: ފްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން، ހިތަދޫ ގައި ޢިމާރާތް ކޮށްފައިވާ 264 ފްލެޓް ހިމެނޭ 16 އެއްމެދު ޢިމާރާތުގެ މެއިންޓަނަންސް ބެލެހެއްޓުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އާއި މިއިދާރާއާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން، ފްލެޓްތަކުގެ މެއިންޓަނަންސް ބެލެހެއްޓުމުގައި ވަރަށްގިނަ ކަންކަން ކައުންސިލުން ކުރަންޖެހޭތީއާއި،   

ފްލެޓްތަކުގެ ޢާންމު ބައިތަކާއި ތަންތަން ފޮޅާ ސާފުކުރުމުގެ އިތުރަށް ޢިމާރާތްތަކުން ފެން ލީކުވުމާއި ސްޓްރަކްޗަރ އަށް ދިމާވާ މައްސަލަތަކާއި ކަރަންޓާއި ފެންވައިރިންގ އާއި ފަޔަރ އެލާމް ސިސްޓަމް ބެލެހެއްޓމާއި، ސްޓްރަކްޗަރަލް އިންޖިނިއަރިންގ އާއިގުޅޭ ކަންކަން ހިމެނޭތީ އާއި، ފްލެޓް ތަކުގެ މެއިންޓެނެންސް މަސައްކަތް އެންމެ އެކަށިގެންވާގޮތަށް ނުކުރެވި، ފްލެޓްތަކުގައި ދިރިއުޅޭފަރާތްތަކުގެ ޝަކުވާ ބޮޑުވެފައިވާތީ، އިސްވެ ބަޔާން ކުރެވުނު އެއްބަސްވުމުގައި ބަޔާން ކުރެވިފައިވާ ކަންކަން ފުރިހަމައަށް ކުރެވޭނީ ކަމުގެ ހުނަރާއި ޤާބިލްކަންހުރި ފަރާތްތަކެއް މިމަސައްކަތަށް ޚާއްޞަކުރެވި ރަނގަޅު ސްޕަރވިޝަން އެއްގެދަށުން މަސައްކަތް ކުރެވިގެންކަމަށްފެންނާތީ،

މިއިދާރާގައި ފްލެޓް މެއިންޓެނެންސް ޔުނިޓެއް އުފެއްދުމަށާއި، މިވަގުތު ފްލެޓް މަސައްކަތަށް ނެގިފައިވާ އިލެކްޓްރީޝަން އަދި މަސައްކަތު މީހުން މި ޔުނިޓަށް ބަދަލުކޮށް އިތުރު ސްކިލްޑް ލޭބަރެއް ( ޕްލަމްބިންގ، ޓައިލިންގ، މޭސަނަރީފަދަ މަސައްކަތް އެނގޭ) އަދި މަސައްކަތް ބަލަހައްޓާ ރިޕޯރޓް ކުރުމަށް ސުޕަރވައިޒަރެއް ނަގައި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން މި ޔުނިޓްގެ މަސައްކަތް މިއިދާރާގެ ޕްރޮޖެކްޓް ސެކްޝަނުގެ ދަށަށް ބަދަލު ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ފައިޞަލް އިބްރާހީމް    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/71

ތާރީޚް: 22 އެޕްރީލް 2021