އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ. މަރަދޫ މަސްޖިދުއް ޝާފީ ގެ ނަން މަސްޖިދުލް މުފީދުގެ ނަމަށް ބަދަލު ކުރުން

22 އެޕްރީލް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސ.މަރަދޫ މަސްޖިދުއް ޝާފީ ގެ ނަން މަސްޖިދުލް މުފީދުގެ ނަމަށް ބަދަލު ކުރުން.

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ފައިޞަލް އިބްރާޙިމް     

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ސ.މަރަދޫ، "މަސްޖިދުއްޝާފީ" އަކީ، ސ،މަރަދޫ ޗަމަންގ އަލްމަރުޙޫމް މުޙައްމަދު މުފީދުގެ އަމިއްލަ ޚަރަދުގައި އަޅުއްވައި  16 މާރިޗް 1991 އިން ފެށިގެން މެދު ނުކެނޑި ނަމާދު ކުރަމުން އަންނަ މިސްކިތެއް ކަމަށް ވެފައި، މަރްޙޫމް މުޙައްމަދު މުފީދު، މިފަދަ އަގުހުރި ޚިދުމަތެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެއްވާފައިވާތީ، އަލްމަރުޙޫމް މުޙައްމަދު މުފީދުގެ ނަން ދިރުވައި ދެމެހެއްޓުމަށާއި، މަރުޙޫމް މުޙައްމަދު މުފީދުގެ ޢާއިލާއާއި ރަށުގެ ގިނަ ރައްޔިތުން، "މަސްޖިދުލް މުފީދު" ގެ ނަމަށް މިސްކިތުގެ ނަން ބަދަލުކޮށްދިނުމަށް އެދެމުންދާތީއާއި، އަދި މި ވަގުތު މިސްކިތުގެ މަރާމާތުތައް އަމިއްލަ އިސްނެންގެވުމާއެކު ދަރުމަވެރިގޮތުގައި ކުރައްވަމުން ގެންދަވާ ސ. މަރަދޫ ފޮނިމާގެ އިބްރާހީމް ޝާޠިރު ވެސް މިމިސްކިތުގެ ނަން " މަސްޖިދުލް މުފީދު" އަށް ބަދަލު ކުރުމަށް އެދި ފައިވާތީ، މިހުށަހެޅުން ބަލައިގަނެ ސ.މަރަދޫ މަސްޖިދުއް ޝާފީ ގެ ނަން މަސްޖިދުލް މުފީދުގެ ނަމަށް ބަދަލު ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު      

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ، ފައިޞަލް އިބްރާހީމް     

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/72

ތާރީޚް: 22 އެޕްރީލް 2021