އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ.ހުޅުދޫގައި ޒަމާނީ މިސްކިތެއް އެޅުމަށް ދޫކުރެވުނު ބިމުގެ ހުޅަނގު ފަރާތަށް ބިން އިތުރު ކުރުން

29 އެޕްރީލް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލްގެ  ނަންބަރު:426-B (3)/2021/61  ނިންމުމުން ސ.ހުޅުދޫގައި ޒަމާނީ މިސްކިތެއް އެޅުމަށް ދޫކުރެވުނު ބިމުގެ ހުޅަނގު ފަރާތަށް ބިން އިތުރު ކުރުން    

މައްސަލަ ހުށަހެޅި ފަރާތް: ސ.ހުޅުދޫ އަވަށު އޮފީސް  

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ސ.ހުޅުދޫ ޕާމްގްރޯވް ޑރ. ޢަލީ މުޒުނީ ޒަމާނީ ފެންވަރުގެ މިސްކިތެއް ބިނާ ކުރުމަށް ބިމެއް ހަމަޖައްސަވައި ދެއްވުން އެދި ހުށަހެޅި މައްސަލައާއި ގުޅިގެން ކައުންސިލްގެ ނަންބަރު:426-B (3)/2021/61  ނިންމުމުން އައްޑޫސިޓީ ހުޅުދޫ އަވަށުގެ މާފިށި ސަރަޙައްދުން ދޫކުރެވިފައިވާ 10000އަކަފޫޓް (ދިހަހާސް އަކަފޫޓް) ބިމުގައި އެ ފެންވަރުގެ މިސްކިތެއް ބިނާކުރުމުގައި، ބިމުގެ ސައިޒު ކުޑަކަން ފާހަގަ ކުރެވޭތީ، އެ ބިމުގެ ހުޅަނގު ފަރާތަށް 50ފޫޓް (ފަންސާސް ފޫޓް) އިތުރު ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން  މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/73

ތާރީޚް: 29 އެޕްރީލް 2021