ކައުންސިލްގެ ނިންމުން
| 
			 ނިންމުން ނަންބަރު: 426-B (4)/2021/108  | 
		|
| 
			 ބޭއްވުނު ތާރީޚް:13 އޮކްޓޯބަރު 2021  | 
			
			 ޖަލްސާ: 2021ވަނަ އަހަރުގެ 34 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 20 ވަނަ ޖަލްސާ)  | 
		
| 
			 މައްސަލަ  | 
		||||
| 
			 ހުށަހެޅުނު މައްސަލަ: ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި އައްޑޫ ކައުންސިލްގެ ނަމުގައި ބައިވެރިވުން  | 
		||||
| 
			 މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލްސަރވިސް ސެކްޝަން  | 
		||||
| 
			 ނިންމުން  | 
		||||
| 
			 މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ޤައުމީ ޤުރުއާން މުބާރާތް ކުރިއަށް ގެންދިއުމަށް ޤުރުއާނާއި ބެހޭ މަރުކަޒުން ކުރަމުންދާ މަސައްކަތުގައި އައްޑޫގެ ސްކޫލްތަކާއި، މާލޭގެ ސްކޫލްތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅެމުން އަންނަކަމަށާއި، މިގޮތުން މާލޭގެ ކޮންމެ ސްކޫލަކަށް 15 ޖާގައިގެ ފުރުޞަތު ފަހިކޮށް ދެވިފައިވާއިރު، މުޅި އައްޑޫސިޓީއަށް 15 ޖާގައިގެ ފުރުޞަތު ދިނުމަށް އުޞޫލު ކަނޑައެޅުމަކީ، ބަލައިގަންނަން ދަތިކަމެއް ކަމަށާއި، މިގޮތަށް މުޅި އައްޑޫސިޓީއަށް އެންމެ 15 ޖާގައިގެ ފުރުޞަތު ކަނޑައެޅުމުން، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ދަރިވަރުން އަދި ބެލެނިވެރިންގެ ކަންބޮޑުވުންތައް ހުރުމާއެކު، ކައުންސިލުން ކުރެވުނު މަސައްކަތުން ޤައުމީ ޤުރުއާން މުބާރަތުގައި ބައިވެރިވުމަށް 30 ޖާގައިގެ ފުރުޞަތު އައްޑޫސިޓީއަށް މިހާރު ލިބިފައިވާ ކަމަށާއި، މިފަދަ ބޮޑު ޤައުމީ މުބާރާތެއްގައި މާލޭގެ ސްކޫލްތަކަށް އެކަނި ދެވިފައިވާ ޖާގަ އަށްބަލާއިރު، އައްޑޫސިޓީގެ އާބާދީގެ ނިސްބަތުން، އަދި ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ނިސްބަތުން، ޤައުމީ ޤުރުއާން މުބާރާތުގައި މުޅި އައްޑޫސިޓީއަށް 30 ޖާގައިގެ ފުރުޞަތު ދިނުމަކީ، ޤައުމީ މިފަދަ މުބާރާތެއް ކުރިއަށްގެންދާއިރު، ހަމަހަމަ ފުރުޞަތު ގެއްލޭ ގޮތަށް ހިންގާފައިވާ ކަމެއް ކަން ފާހަގަކޮށް، ޤައުމީ ޤުރުއާން މުބާރާތް ކުރިއަށް ގެންދިއުމުގައި، ޤުރުއާނާއި ބެހޭ މަރުކަޒުން އައްޑޫގެ ސްކޫލްތަކާއި، މާލޭގެ ސްކޫލްތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅެފައިވާތީ، މިތަފާތު ކުރުން ނައްތާލުމަށް ޤުރުއާނާއި ބެހޭ މަރުކަޒަށް ލިޔުމުން ހުށަހަޅައި، އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންނާއި މާލޭގެ ސްކޫލް ތަކުގެ ދަރިވަރުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުން ނައްތާލުމަށް ކައުންސިލުން ކުރެވެން ހުރި މަސައްކަތްތައް ކުރުމަށާއި، 2021 ވަނަ އަހަރު ކުރިއަށްގެންދާ ޤައުމީ ޤުރުއާން މުބާރާތުގައި އައްޑޫގެ ދަރިވަރުންނަށް ބައިވެރި ވުމުގެ ފުރުޞަތު ފަހިކޮށްކޮށްދިނުމަށް ކައުންސިލުން މަސައްކަތް ކުރުމުގެ ގޮތުން، އައްޑޫއިން މި މުބަރާތުގައި ބައިވެރިވާ ފަރާތްތައް ކަނޑައެޅުމަށް، ކައުންސިލުން އިންތިޒާމް ކޮށްގެން އޮޑިޝަނެއް ކުރިއަށް ގެންދިއުމަށާއި، މި އޮޑިޝަން ކުރިއަށް ގެންދިއުމަށް ހިނގާ ޚަރަދު ހަމަޖެއްސުމަށް، ޤަވާޢިދާއި އެއްގޮތަށް ކައުންސިލްގެ ބަޖެޓުން ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.  | 
		||||
| 
			 ތާއީދު ކުރެއްވި: ކައުންސިލަރ، ޚާލިދާ މުޙައްމަދު  | 
			
			 ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު  | 
		|||
| 
			 ވޯޓް ދެއްވި ގޮތް  | 
		||||
| 
			 ބައިވެރިވެވަޑައިނުގަންނަވާ: 02  | 
			
			 ނުފެންނަކަމަށް: 02 ވޯޓް.  | 
			
			 ފެންނަކަމަށް: 07 ވޯޓް  | 
			
			 ވޯޓުގައި ބައިވެރިވި: 11 ވޯޓް  | 
		|
ޤަރާރު ޑައުންލޯޑް ކުރެއްވުމަށް

