އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ނަމްބަރު :2018SC-SJ/01 ކޯޓު އަމުރު ތަންފީޒު ކުރުން ލަސްވަމުން ދާތީ އައްޑޫސިޓީ ކައުންސިލުން ނެރޭ ޤަރާރު

5 ފެބުރުއަރީ 2018     


ކައުންސިލްގެ ޤަރާރު


ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ނަމްބަރު :2018SC-SJ/01 ކޯޓު އަމުރު ތަންފީޒު ކުރުން ލަސްވަމުން ދާތީ އައްޑޫސިޓީ ކައުންސިލުން ނެރޭ ޤަރާރު

بسم  الله الرحمن الرحيم

حمدًا لله وصلاةً وسلاماً على النبيّ المختار والرحمة المهداة والسراج المنير:

މިޤަރާރު ފެނި ދެކި ކިޔާ ބަލާ ކޮންމެ މީހަކަށް އަޅުގަނޑުމެން ވެދުމާއި ސަލާމް ރައްދުކުރަމެވެ.

މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ނަމްބަރު :  2018/SC-SJ/01ކޯޓު އަމުރު ތަންފީޒު ކުރުން ލަސްވަމުންދާތީ އައްޑޫސިޓީ ކައުންސިލުން ނެރޭ ޤަރާރެކެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 01 ފެބުރުވަރީ 2018 ވީ ބުރާސްފަތި ދުވަހުގެ ރޭ ކުރައްވާފައިވާ ކޯޓު އަމުރު ރައްދުވާ ފަރާތްތަކުން މި އަމުރު

ތަންފީޒު ކުރުން ލަސްކުރަމުންދާ މައްސަލައަކީ އައްޑޫ ރައްޔިތުން ނުހަނު ކަންބޮޑުވާ މައްސަލައެކެވެ.  

އެހެންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި އަމުރު، މިހިނދުން މިހިނދަށް ތަންފީޒުކޮށް ދެއްވުމަށް، އައްޑޫގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި މި ކައުންސިލުން ގޮވާލަމެވެ. އަދި މި އަމުރުގައިވާ ކަންތައްތައް ތަންފީޒު ނުކުރެވިދާ ކޮންމެ ވަގުތު ކޮޅަކީ ދިވެހިރައްޔިތުން، އަދި ޚާއްޞަކޮށް އައްޑޫގެ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމެއްކަމުގައި ވީހިނދު،

މީލާދީ ސަނަތުން ދެހާސް އަށާރަ ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ފަސް (05 ފެބުރުވަރީ 2018) ވަނަ ދުވަހު ބޭއްވުނު އައްޑޫ ސިޓީ ކައުންސިލްގެ 2018 ވަނަ އަހަރުގެ 02 ވަނަ ކުއްލި މަޖިލީސްގައި ބައިވެރިވި އަޅުގަނޑުމެން، މިޤަރާރު ފާސްކުރުމަށް އިޤްރާރުވެ، މިލިޔުމުގައި އަޅުގަނޑުމެންގެ ޤާނޫނީ ސިއްކަ އޮބައި ސޮއިކޮށް މިޤަރާރު ފާސްކުރީމެވެ.

 

            وَصَلَّى اللهُ وَسَلّمَ عَلَى سّيّدِناَ مٌحَمَدٍ، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن، وَالْحَمْدٌ للهِ رَبِّ الْعَالَمِين.




ބާވަތް: ޤަރާރު

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA/(Garaar)2018/02

ތާރީޚް: 5 ފެބުރުއަރީ 2018