އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޭވޭޖް އުޞޫލުން 04 މުވައްޒަފުން ނެގުމާމެދު ކައުންސިލުން ގޮތެއް ނިންމުމާއި ގުޅޭ

29 މޭއި 2024     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2024/051

ބޭއްވުނު ތާރީޚް:  29 މޭ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 17 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 143 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ވޭޖް އުޞޫލުން 04 މުވައްޒަފުން ނެގުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " ހިތަދޫ އޮފީހުގެ ގެމެން ޕޯޓަލް އަޕްޑޭޓްކުރުމަށްޓަކައި 1 މަސްދުވަހުގެ މުއްދަތަށް، ވޭޖް އުޞޫލުން 04 މުވައްޒަފުން ތިރީގައިވާ ޝަރުތުތަކާއި އެއްގޮތަށް ނެގުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

މަޤާމްގެ ޝަރުތު:

  1. އޯލެވެލް ނިންމާފައިވުން
  2. މައިކްރޯސޮފްޓް ޕެކޭޖަށް ފަރިތަ ފަރާތަކަށްވުން
  3. ގިނަ ވަގުތު މަސައްކަތްކުރެވޭނެ ފަރާތަކަށްވުން

މަސައްކަތު ގަޑި: 08:00 – 14:00

މަސައްކަތް: ގެމެން ޕޯޓަލްއަށް އިމާރާތާއި ގޯތީގެ މައުލޫމާތުތަށް އަޕްޑޭޓްކުރުމާއި ރަޖިސްޓްރީތައް އަޕްލޯޑުކުރުމަށް

އުޖޫރަ: މަސައްކަތަށް ހާޟިރުވާ ކޮންމެ ދުވަހަކަށް -/150

 ތާއީދު ކުރެއްވި: ކައުންސިލަރ، މުޙައްމަދު ފައިޞަލް 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް
ބާވަތް: ޤަރާރު

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-B(4)/2024/051

ތާރީޚް: 29 މޭއި 2024