| 
			 އައްޑޫގެ ތިމާވެށީގެ ގޮތުން ޚާއްޞަ ސަރަޙައްދުތައް ޙިމާޔަތް ކުރުން  | 
		
| 
			 
 بسم الله الرحمن الرحيم حمدًا لله و صلاةً وسلاماً على النبيّ المختار والرحمة المهداة والسراج المنير: މިޤަރާރު ފެނިދެކި ކިޔާ ބަލާ ކޮންމެ މީހަކަށް އަޅުގަނޑުމެން ވެދުމާއި ސަލާމް ރައްދުކުރަމެވެ. 
 އައްޑޫގެ ތަރައްޤީގެ ތަޞައްވުރަކީ "ދެމެހެޓެނެވި، ވިލުންވެރި، ދިރިއުޅެން ފަސޭހަ ސިޓީ" ކަމުގައި ކައުންސިލުން ކަނޑައަޅާފައި ވީހިނދު، އަދި، ދިވެހި ސަރުކާރުގެ ވަޢުދުނާމާގައި ރާއްޖޭގެ އެކި ސަރަޙައްދުތައް ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ހިމަނުއްވާފައި ވުމާއިގުޅިގެން، އައްޑޫގެ ޤުދުރަތީ ތަރިކަ އެކުލެވޭ ތަންތަން ދެމެހެއްޓެނިވި ގޮތުގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 
 ހިމެނޭ ގޮތަށް ލިސްޓް ކުރެވިފައިވާ ސަރަޙައްދަކީ، އައްޑޫގެ ޙިމާޔަތް ކުރެވިފައިވާ ތަންތަން ކަމަށް ކަނޑައަޅައި، މީލާދީ ސަނަތުން ދެހާސް އަށާރަ ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 18 ވީ އަންގާރަ ދުވަހު (18 ޑިސެންބަރު 2018 ) ބޭއްވުނު އައްޑޫ ސިޓީ ކައުންސިލްގެ 3 ވަނަ ދައުރުގެ 71 ވަނަ ޖަލްސާގައި (2018 ވަނަ އަހަރުގެ 42 ވަނަ ޖަލްސާގައި) ބައިވެރިވި އަޅުގަނޑުމެން، މިޤަރާރު ފާސްކުރުމަށް އިޤްރާރުވެ، މިލިޔުމުގައި އަޅުގަނޑުމެންގެ ޤާނޫނީ ސިއްކަ އޮބައި ސޮއިކޮށް މިޤަރާރު ފާސްކުރީމެވެ. 
 وَصَلَّى اللهُ وَسَلّمَ عَلَى سّيّدِناَ مٌحَمَدٍ، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن، وَالْحَمْدٌ للهِ رَبِّ الْعَالَمِين. 
  | 
		

