| 
			 "އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން" ގެ ޙިއްޞާދާރެއްގެ ގޮތުގައި ބައިވެރިވުން  | 
		
| 
			 
 بسم الله الرحمن الرحيم حمدًا لله و صلاةً وسلاماً على النبيّ المختار والرحمة المهداة والسراج المنير: މިޤަރާރު ފެނި ދެކި ކިޔާ ބަލާ ކޮންމެ މީހަކަށް އަޅުގަނޑުމެން ވެދުމާއި ސަލާމް ރައްދުކުރަމެވެ. 
 މި ޤަރާރަކީ "އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން" ގެ ޙިއްޞާދާރެއްގެ ގޮތުގައި ބައިވެރިވުމަށް އައްޑޫ ސިޓީ ކައުންސިލުން ނެރޭ ޤަރާރެކެވެ. 
 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 232 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 75 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، 
 އެސް.އެމް.އީ ބޭންކް ހިންގުމަށް އުފައްދާ "އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން" %5 ހިއްސާގައި ކައުންސިލުން ބައިވެރިވުމަށް ފެނުނު ހިނދު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެކަށަ އަޅުއްވާފައިވާ "އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން"ގެ %5 ހިއްސާ ގައި ކައުންސިލުން ބައިވެރިވުމަށް ފެންނަކަމަށާއި، 
 އެސް.އެމް.އީ ބޭންކް ހިންގުމުމުގައި، މުއައްސިސެއްގެ ހައިސިއްޔަތުން އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ކުރަން ޖެހޭ އިދާރީ އަދި ޓެކްނިކަލް ކަންކަމާއި ގުޅިގެން، އެންމެހާ މުޢާމަލާތުތައް ކުރައްވާނީ ކައުންސިލްގެ މަޝްވަރާގެ މަތިން މޭޔަރ ޢަބްދުﷲ ޞާދިޤް ކަމަށް ކަނޑައަޅައި، 
 މީލާދީ ސަނަތުން ދެހާސް އޮނަވިހި ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތިންވަނަ (03 ޖަނަވަރީ 2019) ދުވަހު ބޭއްވުނު އައްޑޫ ސިޓީ ކައުންސިލްގެ ތިންވަނަ ދައުރުގެ 13 ވަނަ ކުއްލި ޖަލްސާގައި(2019 ވަނަ އަހަރުގެ ފުރަތަމަ ކުއްލި ޖަލްސާގައި) ބައިވެރިވި އަޅުގަނޑުމެން، މިގޮތުގެމަތިން މިޤަރާރު ފާސްކުރުމަށް އިޤްރާރުވެ، މިލިޔުމުގައި އަޅުގަނޑުމެންގެ ޤާނޫނީ ސިއްކަ އޮބައި ސޮއިކޮށް މިޤަރާރު ފާސްކުރީމެވެ. 
 
 وَصَلَّى اللهُ وَسَلّمَ عَلَى سّيّدِناَ مٌحَمَدٍ، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن، وَالْحَمْدٌ للهِ رَبِّ الْعَالَمِين. 
 
  | 
		
ޤަރާރު ޑައުންލޯޑް ކުރެއްވުމަށް

