| 
			 އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް މީލާދީ ގޮތުން 2020 ވަނަ އަހަރުގެ ޖޫންމަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫ ސިޓީގައި ބޭނުންކުރުން ހުއްޓާލުމުގެ ޤަރާރު  | 
		
| 
			 
 بسم الله الرحمن الرحيم حمدًا لله وصلاةً وسلاماً على النبيّ المختار والرحمة المهداة والسراج المنير: މިޤަރާރު ފެނި ދެކި ކިޔާ ބަލާ ކޮންމެ މީހަކަށް އަޅުގަނޑުމެން ވެދުމާއި ސަލާމް ރައްދުކުރަމެވެ. 
 މި ގަރާރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 22 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 4/93 )ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނު( ގެ 1 ވަނަ މާއްދާއާއި އަދި 2 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދު ފުއްދުމަށާއި އައްޑޫއަކީ ނަލަފެހި ޖަޒީރާވަންތަ ސާފު ސިޓީ އަކަށް ހެދުމުގެ މަޤްޞަދުގައި އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް މީލާދީ ގޮތުން 2020 ވަނަ އަހަރުގެ ޖޫންމަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫ ސިޓީގައި ބޭނުންކުރުން ހުއްޓާލުމަށް އިލްތިމާސްކޮށް ކައުންސިލުން ފާސްކުރާ ޤަރާރެކެވެ. 
 ދެންފަހެ އިސްވެ ދެންނެވި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި އަންނަނިވި ގޮތުގެމަތިން ޢަމަލުކުރުމަށް އެންމެހާފަރާތްތަކަށް އިލްތިމާސްކުރަމެވެ. 
 
 
 
 
 
 
 
 
 
  | 
		
| 
			 
 
 
 
 
 
 
 
 
 
 
 
 
 މީލާދީ ސަނަތުން ދެހާސް ނަވާރަ ވަނަ އަހަރުގެ ޖޫން މަހުގެ އަށާރަ (18 ޖޫން 2019) ވަނަ ދުވަހު ބޭއްވުނު އައްޑޫ ސިޓީ ކައުންސިލްގެ 3 ވަނަ ދައުރުގެ 97 ވަނަ މަޖިލީހުގައި (2019 ވަނަ އަހަރުގެ 23 ވަނަ މަޖިލީސްގައި) ބައިވެރިވި އަޅުގަނޑުމެން، މިޤޮތުގެމަތިން އިޤުރާރުވެ، މިލިޔުމުގައި އަޅުގަނޑުމެންގެ ޤާނޫނީ ސިއްކަ އޮބައި ސޮއިކޮށް މިޤަރާރު ފާސްކުރީމެވެ. 
 ފަހެ، މިޤަރާރު އުވާލުމަށް ބޭނުންވެއްޖެ ހިދެއްގައި މިޤަރާރު އުވާލެވޭނީ، މިޤަރާރު ބާތިލުކުރުމަށް ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި މުޅި ކައުންސިލްގެ އިއްތިފާޤުން ފާސްވެގެން ކަމުގައި ވެސް އެކަށައަޅައިފީމުއެވެ. 
 وَصَلَّى اللهُ وَسَلّمَ عَلَى سّيّدِناَ مٌحَمَدٍ، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن، وَالْحَمْدٌ للهِ رَبِّ الْعَالَمِين. 
  | 
		
ޤަރާރު ޑައުންލޯޑް ކުރެއްވުމަށް

