އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެންވަރަޔަރަންމަންޓް މިނިސްޓްރީން ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުއެއް ފަށަނީ

24 އޮކްޓޯބަރ 2017     1 year ago


އެންވަރަޔަރަންމަންޓް މިނިސްޓްރީން ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުއެއް ފަށަނީ

ިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) ގެ ބޭފުޅުން ހިމެނޭ ޓީމެއް މިއަދު އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގެ ބޭނުމަކީ، އެންވަޔަރަންމަންޓް މިނިސްޓްރީއާއި ޖައިކާ ގުޅިގެން ފަށްޓަވަން ހަމަޖެހިފައިވާ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުއެއް ފެށުމުގެ ގޮތުން ބޭނުންވާ މައުލޫމާތު އެއްކުރުމާއި ކަމާއިބެހޭ އިދާއިރާތަކާއެކު މަޝްވަރާކުރެއްވުމެވެ.

މިއަދު ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ވިދާޅުވީ، މިމަޝްރޫޢު ފެށުމަށްޓަކައި ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) އަށް ހުށަހަޅަންޖެހޭ ޕްރޮޖެކްޓް ކޮންސެޕް ނޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް އެމިނިސްޓްރީއާއި ޖައިކާގެ ޓީމުން އައްޑޫސިޓީގެ ގޮނޑުދޮށްތައް ޙިމާޔަތްކުރަން މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ސަރަހައްދުތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ. މިއަދުގެ ބައްދަލުވުމުގައި ކައުންސިލުންވަނީ އައްޑޫގެ ގޮނޑުދޮށްތަކުގެ ހާލަތާއި ގުޅޭ މަޢުލޫމާތު ޖައިކާގެ ބޭފުޅުންނާ ހިއްސާކުރައްވާފައެވެ.