އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައިރަނާސްގެ ފަރާތުން ބާއްވާ 5 ކިލޯމީޓަރުގެ ޗެރިޓީ ދުވުން އަންނަ ޑިސެންބަރު މަހު

29 ނޮވެމްބަރ 2017     10 months ago


އައިރަނާސްގެ ފަރާތުން ބާއްވާ 5 ކިލޯމީޓަރުގެ ޗެރިޓީ ދުވުން އަންނަ ޑިސެންބަރު މަހު

އައިރަނާސްގެ ފަރާތުން 'އައްޑޫ 5ކޭ' ގެ ނަމުގައި ބާއްވާ ޗެރިޓީ ދުވުން އަންނަ ޑިސެންބަރު މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ މުޖުތަމަޢަށް ފައިދާ ހުރި އެކި ޙަރަކާތްތައް ރާވާ ހިންގާ ޖަމުޢިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބާއްވާ ޗެރިޓީ ދުވުމެކެވެ. މިދުވުމުން އެއްކުރެވޭ ފައިސާ ހަދިޔާ ކުރެއްވުމަށް ހަމަޖެހިފައިވަނީ ޝަރަފުއްދީން ސްކޫލުގެ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހިންގާ ސެން ކްލާސް "އަލް- ނޫރު" އަށެވެ.

މިޗެރިޓީ ރަން ކުރިއަށް ދާނީ ދެބަޔަކަށް ބެހިގެންނެވެ. އެއީ ބޮޑެތި މީހުންގެ 5 ކިލޯމީޓަރުގެ ދުވުމާއި، ކުޑަކުދިންގެ 2 ކިލޯމީޓަރުގެ ދުވުމެވެ. ބޮޑެތި މީހުންގެ ދުވުން ފެށޭނީ ހެނދުނު 6:30 އިންނެވެ. އަދި ކުޑަކުދިންގެ ދުވުން އޮންނާނީ ހެނދުނު 8:00 ންނެވެ.

އައިރަނާސްގެ ޗެރިޓީ ދުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިހާރު ވަނީ އެފުރުސަތު ހުޅުވާލައްވާފައެވެ. 5 ކިލޯމީޓަރު ދުވުމުގައި ބައިވެރިވުމުގެ އަގަކީ 200 ރުފިޔާއެވެ. އަދި 2 ކިލޯމީޓަރުގެ ދުވުމުގައި ބައިވެރިވުމުގެ އަގަކީ 150 ރުފިޔާއެވެ.

މިދުވުމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކަށް އޮންލައިންކޮށްވެސް ފޯމް ފުރުއްވޭނެގޮތް ވަނީ ހަމަޖައްސަވާފައެވެ.