އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯސް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

8 ފެބުރުއަރީ 2018     10 months ago


ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯސް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

އައްޑޫސިޓީ ކައުންސިލާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން ކައުންސިލްގެ އިދާރާގެ މުވައްޒަފުންނަށް ހިންގާ 'ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން' ކޯސް ފެށުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތު މިއަދު ބާއްވާއިފިއެވެ.

މިއީ ކައުންސިލް އިދާރާގެ މުވައްޒަފުންގެ ތަޢުލީމީ ފެންވަރު މަތިކޮށް މުވައްޒަފުންގެ ކުރިއެރުމަށް ކައުންސިލުން ހިންގާ ތަމްރީނު ޕްރޮގްރާމުތަކުގެ ތެރެއިން ޕްރޮގްރާމެކެވެ.

ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގައި މިއަދު ކުރިޔަށްދިޔަ މިކޯސް ފެށުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް، ޒިންމާދާރު ވެރިޔާ މުޙައްމަދު ސައުދީ ހަސަން އަދި ކައުންސިލްގެ އިދާރާގެ ބައެއް އިސްވެރިންގެ އިތުރުން މިކޯހުގައި ކިޔަވާ ކައުންސިލްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވިދާޅުވީ، ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ ކުރިއެރުމަކީ ކައުންސިލުން އަބަދުވެސް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ ކަމެއް ކަމަށާއި، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ގުޅިގެން ކައުންސިލުން ކުރިއަށް މިގެންދާ ޕްރޮގްރާމްތަކުގެ ސަބަބުން މުވައްޒަފުންގެ ތަޢުލީމީ ފެންވަރު މަތިވެ މަސައްކަތުގެ ފެންވަރު އިތުރުވެގެންދިއުމަށް އުންމީދު ކުރައްވާ ކަމެށެވެ.

4 މަސްދުވަހުގެ މިކޯސް ފެށުމުގެ ރަސްމިއްޔާތަށް ފަހު ކޯހުގެ ފުރަތަމަ ކްލާސް މިއަދު ވަނީ ބާއްވާފައެވެ. މިކޯހުގައި ކައުންސިލްގެ އިދާރާގެ 20 މުވައްޒަފަކު ބައިވެރިވެރިވެއެވެ.

ކައުންސިލް އިދާރާއިން މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ސެޓްފިކެޓް 3 އިން އޮފީސް އެޑްމނިސްޓްރޭޝަން ކޯހުގެ އިތުރުން 1 އަހަރު ދުވަހުގެ ޑިޕޮލޮމާ އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހެއް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިކޯހުގެ އޮރިއެންޓޭޝަން މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ބޭއްވިފައެވެ. މިއޮރިއެންޓޭޝަން ޕްރޮގްރާމުގައި ބައިވެރިންނަށް ކޯހާއި ބެހޭ މަޢުލޫމާތު އެރުވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.