އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެޑްވާންސް ކޮމްޕިއުޓަރ ސްކިލްސް ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި މުވައްޒަފުންނާ ސަޓިފިކެޓް ހަވާލުކޮށްފި

25 އޮކްޓޯބަރ 2018     2 weeks ago


އެޑްވާންސް ކޮމްޕިއުޓަރ ސްކިލްސް ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި މުވައްޒަފުންނާ ސަޓިފިކެޓް ހަވާލުކޮށްފި

އައްޑޫސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގި  އެޑްވާންސް ކޮމްޕިއުޓަރ ސްކިލްސް ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި މުވައްޒަފުންނާ ސަޓިފިކެޓް ހަވާލުކޮށްފިއެވެ.

އަންގާރަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މިތަމްރީން ޕްރޮގްރާމަކީ، މަސައްކަތް އަދާކުރުމުގައި މުވައްޒަފުން އާންމުކޮށް ބޭނުންކުރާ ކޮމްޕިއުޓަރ ސޮފްޓްވެއަރ ބޭނުންކުރުމުގައި މުވައްޒަފުންގެ ހުނަރު އިތުރުކުރުމުގެ މަޤުސަދުގައި ބޭއްވޭ ސިލްސިލާ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެކެވެ. މިތަމްރީން ޕްރޮގްރާމްގައި ކައުންސިލްގެ އިދާރާގެ 16 މުވައްޒަފުން ބައިވެރިވެފައިވާއިރު ސެޝަންތައް ނަންގަވައި ދެއްވީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ލެކްޗަރަަރ، އަބްދުﷲ ޒާހިރުުއެވެ.