އައްޑޫސިޓީ ކައުންސިލުން ޕްރޮފެސާ ހަސަން އުގެއިލްއާ ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލުވުމަކީ އައްޑޫސިޓީ ކައުންސިލުން ދޭ ޚިދުމަތްތަކާއި، ކުރިޔަށް ކައުންސިލުން ދިނުމަށް ޤަސްތުކުރާ ޚިދުމަތްތައް ހަރުދަނާ ކުރުމަށާއި، ރައްޔިތުންނަށް ފަސޭހައިން ހޯދޭނެ ޚިދުމަތްތަކެއް ކައުންސިލުން ފޯރުކޮށްދިނުމުގައި ކުރެވެންހުރި ކަންކަމާއި ގުޅޭ ގޮތުންނާއި، ކައުންސިލްގެ ކުރިމަގާއި ގުޅޭގޮތުން ޕްރޮފެސާ އުގައިލްގެ މަޝްވަރާ ހޯދުމަށް ބޭއްވުނު ނުރަސްމީ ބައްދަލުވުމެކެވެ.
މިބައްދަލުވުމުގައި ކައުންސިލްގެ މެމްބަރުންގެ ތެރެއިން ކައުންސިލަރ، އިބްރާހިމް ޝުކުރީއާއި، ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު ފިޔަވައި އެހެން މެމްބަރުން ހިމެނެއެވެ.