އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ ޒުވާނުންގެ މަރުކަޒުތަކުގެ މޮނިޓަރިންގ ކައުންސިލަށް

29 ނޮވެމްބަރ 2018     5 years ago


އައްޑޫގެ ޒުވާނުންގެ މަރުކަޒުތަކުގެ މޮނިޓަރިންގ ކައުންސިލަށް

އައްޑޫސިޓީގެ ޒުވާނުންގެ ޒުވާނުންގެ މަރުކަޒުތައް މޮނިޓަރކޮށް ހިންގުން ކައުންސިލާ ހަވާލުކޮށްފިއެވެ.

މިމަސައްކަތް ކައުންސިލާ ހަވާލުކުރެވުނީ މިމަހުގެ 25 ވަނަ ދުވަހު މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއިނިޓީ އެމްޕަވަމަންޓް އަހުމަދު މަހުލޫފް ސޮއި ކުރައްވައި ކައުންސިލަށް ފޮނުއްވި ސިޓީއަކުންނެވެ. މިސިޓީގައިވާ ގޮތުން އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ ޒުވާނުންގެ މަރުކަޒުތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އައްޑޫސިޓީގައި ޤާއިމް ކުރެވިފައިވާ ހިތަދޫ ޒުވާނުންގެ މަރުކަޒާއި، މަރަދޫފޭދޫ ޒުވާނުންގެ މަރުކަޒާއި، ގަމު ޒުވާނުންގެ މަރުކަޒާއި، ހުޅުދޫ ޒުވާނުންގެ މަރުކަޒުގެ މޮނިޓަރިންގެ އެންމެހާ ކަންތައް ކައުންސިލާ ވަނީ ހަވާލު ކުރެވިފައެވެ. އަދި ކައުންސިލަށް ޖަމާކުރެވޭ ޒުވާނުންގެ މަރުކަޒުތަކުގެ ބަޖެޓުން، ޒުވާނުންގެ މަރުކަޒުން ހިންގޭ އެކިއެކި ހަރަކާތްތަކާއި ކުޅިވަރު ހަރަކާތަކަށް އެއްބާރުލުން ދިނުމަށާއި، އެހީތެރިވުމަށް މިސީޓިގައި ވެއެވެ.

ޒުވާނުންގެ މަރުކަޒުތަކުގެ މޮނިޓަރިންގ މަސައްކަތް ކައުންސިލާ ހަވާލުވުމާގުޅިގެން ޒުވާނުންގެ މަރުޒަކުތަކާ ހަވާލުވެތިއްބެވި ފަރާތްތަކާ ކައުންސިލުންވަނީ މިއަދު ބައްދަލުކޮށްފައެވެ. މިބައްދަލުވުމުގައި އެމަރުކަޒުތަކަށް ދިމާވެފައިވާ ދަތިތަކުގެ މައުލޫމާތު ކައުންސިލުން ވަނީ ހޯދާފައެވެ. އަދި ގުޅިގެން 2019 ވަނަ އަހަރު ހިންގާނެ ހަރަކާތްތައް އެކުލަވާލުމަށް މަސައްކަތްކުރުމަށް ނިންމުނެވެ.