އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެމް.އެން.ޑީ.އެފް ސަދަން އޭރިއާގެ އައު ކޮމާންޑަރު ކައުންސިލަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

3 ޖެނުއަރީ 2019     5 years ago


އެމް.އެން.ޑީ.އެފް ސަދަން އޭރިއާގެ އައު ކޮމާންޑަރު ކައުންސިލަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު (އެމް.އެން.ޑީ.އެފް) ގެ ސަދަން އޭރިއާގެ އައު ކޮމާންޑަރު ކާނަލް އިބްރާހިމް ރަޝީދު މިއަދު ކައުންސިލަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ސަދަން އޭރިއާގެ އައު ކޮމާންޑަރުގެ މިޒިޔާރަތުގައި ކުރީގެ ކޮމާންޑަރު ކާނަލް އަބްދުﷲ އިބްރާހީމްއާއި ފަސްޓް ލެފްޓިނެންޓް ފައިޞަލް އަޙްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި އެމް.އެން.ޑީ.އެފް އާއި ކައުންސިލާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށާއި އައްޑޫސިޓީއަށް ދިމާވާ އެކިއެކި ކަންކަމުގައި ދެފަރާތުން އެހީތެރިކަން ފޯރުކޮށްދީ މަޢުލޫމާތު ހިއްސާކޮށް އެކުގައި މަސައްކަތް ކުރުމަށް ވަހާކަ ދެކެވުނެވެ. ހާއްސަކޮށް އަލިފާނުގެ ހާދިސާތަކާއި އެހެނިހެން އެފަދަ ހާދިސާތަކާއި ކާރިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޑިޒާސްޓާ ޕްލޭނެއް އެކުލަވާލައި އެއާ އެއްގޮތަށް މަސައްކަތް ރާވައި ހިންގުމާ ގުޅޭގޮތުން ވާހަކަ ދެކެވުނެވެ.

އައު ކޮމާންޑަރު ކާނަލް އިބްރާހީމް ރަޝީދުގެ މިޒިޔާރަތުގައި ކައުންސިލާއި އެމް.އެން.ޑީ.އެފް އާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އަދި މޭޔަރ އަބްދުﷲ ޞާދިޤް ވަނީ ކައުންސިލުން ކުރިއަށް ގެންދާ ކަންކަމުގައި އަބަދުވެސް އެމް.އެން.ޑީ.އެފްގެ އެހީތެރިކަށް ފުރިހަމައަށް ލިބިލައްވާކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.