އިޢުލާން
އައްޑޫ ސިޓީ ކައުންސިލްގެ "އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑް"ގެ ހިންގާ ކޮމިޓީގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން
މިއިދާރާގެ ނަންބަރު: (IUL)426-CC/INDIV/2026/10 އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑްގެ ސްޓޭޓްމަންޓްގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކޮމިޓީގެ ތިރީގައި މިދަންނަވާ ދާއިރާތަކުން މިކޮމިޓީގައި ހިމެނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކުން އައްޑޫ ސިޓީ ކައުންސިލް އިދާރާއަށް އައިޑީ ކާޑް ކޮޕީއާއި އެކު ވަނަވަރު ހުށަހެޅުއްވުން އެދެމެވެ. ވަނަވަރުތައް އީމެއިލްގެ ޒަރިޢާއިން ތިރީގައި މިވާ އެޑްރެހަށްވެސް މެއިލް ކުރެވިދާނެއެވެ.
- ފަތުރުވެރިކަމާއި ގުޅޭ ދާއިރާ
- އިޖްތިމާޢީ ދާއިރާ
- ސިނާޢަތާއި ގަނެވިއްކުމުގެ ދާއިރާ
މި 3 ދައިރާއިން ކުރިމަތިލައްވާ ފަރާތްތަކުގެ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާންޖެހޭނެއެވެ.
- ޢުމުރުން 25 އަހަރު ފުރިފައިވުން.
- ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
3. ފަތުރުވެރިކަމުގެ ދާއިރާނަމަ މެނޭޖަރ ލެވެލްއިން ފެށިގެން މަތީ މަގާމެއް އަދާކުރާފަރާތަކަށްވުން.
4.އައްޑޫގައި ދިރިއުޅުއްވާ އައްޑޫ ރައްޔިތަކަށް ވުން.
ކުރިމަތިލާ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ އަދި އެދާއިރާތަކުގެ ހިންގުމުގެ ދާއިރާއިން މެނޭޖަރ ލެވެލް އިން މަތީގެ މަޤާމެއް އަދާކުރާ ނުވަތަ އަދާކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- ޢާއްމު ރައްޔިތުންގެ ތެރެއިން ބޭފުޅަކު
މި ދާއިރާއިން ކުރިމަތިލައްވާ ފަރާތްތަކުގެ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާންޖެހޭނެއެވެ.
- ޢުމުރުން 30 އަހަރު ފުރިފައިވުން.
- އައްޑޫގައި ދިރިއުޅުއްވާ އައްޑޫ ރައްޔިތަކަށް ވުން.
ވިޔަފާރީގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލުކޮށްފައިވާ ފަރާތްތަކަށާއި އެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
21 އޮކްޓޯބަރ 2026

