އިޢުލާން - އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2026 މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރގެ ފުރުސަތު ހުޅުވާލުން
އިޢުލާން
އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2026 މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރގެ ފުރުސަތު ހުޅުވާލުން
އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2026" ގެ ނަމުގައި ފުޓްބޯޅަ މުބާރާތް 2026 ޑިސެންބަރު 10 ވަނަ ދުވަހުން ފެށިގެން ހިތަދޫ ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
އެހެންކަމުން، މި މުބާރާތަށް ބޭނުންވާ ތަކެތި ޕްރިންޓް ކުރުމުގެ މަސައްކަތްތައް ކޮށްދިނުމަށް "ޕްރިންޓިންގ ޕާޓްނަރ" އެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރ އަކަށް ވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ޕާޓްނަރޝިޕް ޕްރޮޕޯޒަލެއް ތައްޔާރުކުރައްވާ 2026 ނޮވެމްބަރު 24 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] މެއިލްކުރެއްވުން އެދެމެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި މި އިދާރާގެ ސޯޝަލް އެފެއާޒް ޔުނިޓްގެ ވައިބަރ ނަންބަރު 7925003 އަށް ވައިބަރ ކުރެއްވުން އެދެމެވެ.
09 ޖުމާދަލް އާޚިރާ 1448
19 ނޮވެމްބަރު 2026
