އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީގެ އަވަށްތަކުގައި ޤަވާޢިދާއި ޚިލާފަށް ހަރުކުރެވިފައިވާ ބިލްބޯޑްތަކާއި ޕޯސްޓަރތައް ނެގުމާގުޅޭ

21 އޮކްޓޯބަރ 2026     19 hours ago


އިޢުލާން

އައްޑޫސިޓީގެ އަވަށްތަކުގައި ޤަވާޢިދާއި ޚިލާފަށް ހަރުކުރެވިފައިވާ ބިލްބޯޑްތަކާއި ޕޯސްޓަރތައް ނެގުމާގުޅޭ

            އައްޑޫސިޓީގެ އަވަށްތަކުގައި އެކިއެކި ބޭނުންތަކާ ގުޅިގެން މައިދާންތަކާއި އަދި ރަށުތެރޭގައި އާންމުކޮށް ފެންނަގޮތަށް ހަރުކުރާ ބިލްބޯޑްތަކާއި ޕޯސްޓަރތައް ހަރުކުރުމުގައި ޢަމަލުކުރަންވީގޮތާއި ގުޅޭގޮތުން 06 އޯގަސްޓް 2024ގައި މިއިދާރާއިން ޢާންމުކޮށްފައިވާ ނަންބަރު 2024/06 އުޞޫލާއި ޚިލާފަށް ބައެއްފަރާތްތަކުން ކައުންސިލްގެ ހުއްދަ ނުހޯއްދަވައި މައިދާންތަކާއި އަދި ރަށުތެރޭގައި އާންމުކޮށް ފެންނަގޮތަށް ބިލް ބޯޑްތަކާއި ޕޯސްޓަރތައް ހަރުކުރަމުން ގެންދާކަން މިހާރަކަށްއައިސް ފާހަގަ ކުރެވެމުންދެއެވެ.

            މިއިދާރާގެ ނަންބަރު 2024/06 އުޞޫލް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ވެބްސައިޓުގައި ޢާންމުކޮށް ފެންނަން ހުންނާނެކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

            ވީމާ، މިއިދާރާގެ ނަންބަރު 2024/06 އުޞޫލާއި ޚިލާފަށް އައްޑޫސިޓީގެ އަވަށްތަކުގެ މައިދާންތަކާއި އަދި ރަށުތެރޭގައި އާންމުކޮށް ފެންނަގޮތަށް ހަރުކުރެވިފައިވާ ބިލްބޯޑްތަކާއި ޕޯސްޓަރތައް މިއަދުން ފެށިގެން އަވަށުއޮފީސްތަކުން ނަގަމުން ގެންދާނެކަން ޢާންމުކޮށް އަންގާ އިޢްލާންކުރަމެވެ.

10 ޖުމާދަލްއޫލާ 1448

21 އޮކްޓޯބަރު 2026

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2026/356

ޕަބްލިޝް ކުރި ތާރީޚް: 21-10-2026

ސުންގަޑި: 2026-10-28 13:12:00