އިޢުލާން - އައްޑޫ ސިޓީ ކައުންސިލްގެ " އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑް " ގެ ހިންގާ ކޮމިޓީގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން
އިޢުލާން
އައްޑޫ ސިޓީ ކައުންސިލްގެ " އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑް " ގެ ހިންގާ ކޮމިޓީގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން:
މިއިދާރާގެ ނަންބަރު: 10CC/INDIV/2026/-(IUL)426 އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑްގެ ސްޓޭޓްމަންޓްގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކޮމިޓީ ގެ
ތިރީގައި މިދަންނަވާ ދާއިރާތަކުން މިކޮމިޓީގައި ހިމެނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ނޮވެމްބަރ 2026 ވާ ހޯމަދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކުން އައްޑޫ ސިޓީ ކައުންސިލް އިދާރާއަށް އައިޑީ ކާޑް ކޮޕީއާއި އެކު ވަނަވަރު ހުށަހެޅުއްވުން އެދެމެވެ. ވަނަވަރުތައް އީމެއިލްގެ ޒަރިޢާއިން ތިރީގައި މިވާ އެޑްރެހަށްވެސް މެއިލް ކުރެވިދާނެއެވެ. [email protected]
· ޢާއްމު ރައްޔިތުންގެ ތެރެއިން ބޭފުޅަކު
މި ދާއިރާއިން ކުރިމަތިލައްވާ ފަރާތްތަކުގެ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާންޖެހޭނެއެވެ.
1. ޢުމުރުން 30 އަހަރު ފުރިފައިވުން.
2. އައްޑޫގައި ދިރިއުޅުއްވާ އައްޑޫ ރައްޔިތަކަށް ވުން.
ވިޔަފާރީގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލުކޮށްފައިވާ ފަރާތްތަކަށާއި އެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
26 ނޮވެމްބަރު 2026
