އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޙާއްސަ ހަރަކާތްތަކެއް

2 ނޮވެމްބަރ 2017     6 years ago


އައްޑޫސިޓީގެ އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޙާއްސަ ހަރަކާތްތަކެއް

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އިންތިޒާމްކޮށްގެން އައްޑޫސިޓީގެ ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން "ރަންވޭލާ" ކެމްޕެއިން ހަރަކާތްތަކެއް ފަށައިފިއެވެ.

މިހަރަކާތްތަކަކީ ދޮށީ އުމުރުގެ މީހުންނަށް އަޅާލާ އޯގާތެރި މުޖްތަމަޢުއެއް ބިނާކުރުމަށާއި ދޮށީ އުމުރުގެ މީހުންގެ ބައިވެރިވުމާއި، އެމީހުންނަށް އަޅާލުން އިތުރުކުރުމަށާއި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮކަން ދޮށީ އުމުރުގެ މީހުންގެ ތެރޭގައި އަށަގެންނެވުމަށްޓަކައި މިނިސްޓްރީން ހިންގާ ކެމްޕެއިން ހަރަކާތްތަކެކެވެ.

މިހަރަކާތްތައް ކުރިއަށްދާނީ ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން 4 ވަނަ ދުވަހާ ހަމައެށެވެ. މިގޮތުން މިއިން ކޮންމެ ދުވަހަކު ދޮށީ އުމުރުގެ މީހުންގެ އިތުރުން ޒުވާނުންނަށް ބޭއްވޭ އެވެއަރނެސް ސެޝަނެއް އޮންނާނެއެވެ. ދޮށީ އުމުރުގެ މީހުންގެ ސެޝަން އޮންނާނީ ހަވީރު 16:00 ން ފެށިގެން 17:30 އަށެވެ. ޒުވާނުންނަށް ބޭއްވޭ ސެޝަން އޮންނާނީ 20:30 ން 22:00 އަށެވެ. މީގެ އިތުރުން 65 އަހަރުން މަތީ ފަރާތްތަކުގެ ހެލްތް ސްކްރީނިންގް ކޮންމެ ދުވަހަކު ހެނދުނު 11:30 އިން ފެށިގެން 13:30 ވަންދެން ކުރިއަށްދާނެއެވެ.

ރަންވޭލާ ހަރަކާތްތައް އިއްޔެ ފެށިފައިވާއިރު މި ހަރަކާތްތަކުގެ ތެރެއިން ހިންގޭ ފުރަތަމަ ހަރަކާތް ބޭއްވިފައިވަނީ މަރަދޫފޭދޫ ކޮމިއުނިޓީ އީ- ސެންޓަރުގައެވެ. މިއަދުގެ ހަރަކާތް އޮތީ މަރަދޫ ސްކޫލްގައެވެ. އަދި މާދަމާގެ ހަރަކާތް އޮންނާނީ ފޭދޫ އަވަށު އޮފީހުގައެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އިން ހިންގާ ރަންވޭލާ ހަރަކާތުގެ އިތުރުން ޕެންޝަން އޮފީހުން އިސްރަށްވެހިންނާއެކު ބާއްވާ ޚާއްސަ ބައްދަލުވުމެއް އަންނަ ހޮނިހިރު ދުވަހު އީކުއޭޓަރ ވިލެޖްގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.