އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރަށު ފެންވަރުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި މޫސުމަށް އަންނަބަދަލުތައް ހިމެނުމާއިބެހޭ ވޯކްޝޮޕެއް ފެށިގެން ކުރިއަށް އެބަދޭ

28 ނޮވެމްބަރ 2017     6 years ago


ރަށު ފެންވަރުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި މޫސުމަށް އަންނަބަދަލުތައް ހިމެނުމާއިބެހޭ ވޯކްޝޮޕެއް ފެށިގެން ކުރިއަށް އެބަދޭ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން އައްޑޫގެ މުއައްސަސާތަކަށް ހިންގާ ވޯކްޝޮޕް ފެށިގެން ކުރިއަށް އެބަދެއެވެ.

ދެދުވަހުގެ މުއްދަތަށް ހިންގާ މިވޯކްޝޮޕަކީ ރަށު ފެންވަރުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި މޫސުމަށް އަންނަބަދަލުތައް ހިމަނައިގެން ތަރައްޤީގެ ޕްލޭން އެކުލަވާލޭނެ ގޮތްތައް ބުނެދީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ދިމާވަމުންދާ ގެއްލުމާއި، އެކަންތައްތަކަށް ރިޢާޔަތްކޮށް ކަންކަން ރޭވުމުގެ މުހިންމުކަން ދަސްކޮށްދިނުމާއި މުއައްސަސާތައް ހޭލުންތެރިކުރުމުގެ ގޮތުން ބާއްވާ ވޯކްޝޮޕެކެވެ.

މިވޯކްޝޮޕުގައި އައްޑޫސިޓީގެ ގިނައަދަދެއްގެ މުޢައްސަސާތަކަކުން ބައިވެރިވެވަޑައިގަންނަވައެވެ. މިގޮތުން އައްޑޫސިޓީ ކައުންސިލް، ހައުސިންގ މިނިސްޓްރީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، މޯލްޑިވްސް ޕޮލިސް ސާރވިސް އަދި އެމް.އެން.ޑީ.އެފް ފަދަ މުޢައްސަސާތައް ހިމެނިވަޑައިގަންނަވައެވެ.

މިވޯކްޝޮޕް ނިންމައި ބައިވެރިންނަށް ސަޓިފިކެޓް ހަވާލުކުރުން މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.