އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލް އިދާރާގެ ޔޫޓިއުބް ޗެނެލް އިފްތިތާހް ކޮށްފި

8 ޖެނުއަރީ 2018     6 years ago


ކައުންސިލް އިދާރާގެ ޔޫޓިއުބް ޗެނެލް އިފްތިތާހް ކޮށްފި

އައްޑޫސިޓީ ކައުންސިލް އިދާރާގެ ޔޫޓިއުބް ޗެނެލް ރަސްމީކޮށް މޭޔަރ އަބްދުﷲ ޞާދިޤް އިފްތިތާހް ކޮށްދެއްވައިފިއެވެ.

ކައުންސިލް އިދާރާގެ ޔޫޓިއުބް ޗެނެލް އިފްތިތާހް ކޮށްފައިވަނީ ރަސްމިއްޔާތަކާއެކީ  މިދިޔަ ބުރާސްފަތި ދުވަހު ކައުންސިލްގެ އިދާރާގައެވެ. މިރަސްމިއްޔާތުގައި އައްޑޫސިޓީގެ ބައެއް ގެސްޓް ހައުސް ވިޔަފާރީގެ މަސައްކަތް ކުރައްވާ ފަރާތްތަކާއި ސްރީލަންކަން އެއަރލައިންސްގެ ފަރާތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކައުންސިލް އިދާރާގެ  ޔޫޓިއުބް ޗެނެލް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ އަބްދުﷲ ޞާދިޤް ވިދާޅުވިގޮތުގައި ކައުންސިލް އިދާރާގެ ޔޫޓިއުބް ޗެނެލްގެ ސަބަބުން އައްޑޫސިޓީއަށް ހުރި ފުރުސަތުތައް އިތުރަށް ހުޅުވިގެންދާނެކަމެށެވެ. އަދި ޔޫޓިއުބް ޗެނެލް މެދުވެރިކޮށް އައްޑޫސިޓީއާއި ގުޅޭ ގިނަ މައުލޫމާތު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނާ ހަމަޔަށް ފޯރުކޮށްދީ އައްޑޫ ޕްރޮމޯޓް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ޔޫޓިއުބް އިފްތިތާހް ކުރުމަށްފަހު އައްޑޫސިޓީއާއި ގުޅޭގޮތުން ކައުންސިލުން ތައްޔާރުކޮށްފައިވާ ޑޮކިއުންމެންޓްރީ އަކާއި ވީޑިއޯ ކްލިޕްސް ތަކެއް ރަސްމިއްޔާތުގެ ބައިވެރިން ވަނީ ބައްލަވާފައެވެ.