އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ 2018 ވަނަ އަހަރުގެ ބަޖެޓް ފާސްކޮށްފި

16 ޖެނުއަރީ 2018     6 years ago


އައްޑޫސިޓީ ކައުންސިލްގެ 2018 ވަނަ އަހަރުގެ ބަޖެޓް ފާސްކޮށްފި

އައްޑޫސިޓީ ކައުންސިލަށް 2018 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީ އާއި ދައުލަތުން ކައުންސިލަށް ދެއްވާފައިވާ ބަޖެޓު ހިމަނައިގެން އައްޑޫސިޓީ ކައުންސިލްގެ 2018 ވަނަ އަހަރުގެ ބަޖެޓް މިއަދު ކައުންސިލުން ފާސްކުރައްވައިފިއެވެ.

2018 ވަނަ އަހަރަށް ކައުންސިލުން މިއަދު ފާސްކުރެއްވި ބަޖެޓަކީ، އަރަނި ބަޖެޓެކެވެ. މުޅި ބަޖެޓްގެ ޖުމުލައަކީ، 35864928.73 ރުފިޔާއެވެ.  2015 ވަނަ އަހަރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާއި ގުޅިގެން ކައުންސިލްގެ މެންޑޭޓަށް ބޮޑެތި ބަދަލުތަކެއް އައިސް ވޭތުވެދިޔަ އަހަރުތަކުގައި ކައުންސިލަށް ލިބެމުން އައި އާމްދަނީ ވަނީ ވަރަށްބޮޑުތަން ދަށްވާން ފަށާފައެވެ. 2018 ވަނަ އަހަރުގެ ބަޖެޓް ފާސްކުރިއިރު ކައުންސިލަށް މިއަހަރު ލިބޭނެ ކަމަށް ލަފަކުރާ އާމްދަނީ އަކީ ހަތްލައްކަ ރުފިޔާއެވެ.