އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފާއިތުވި އަހަރު އެންމެ ގިނަ ޢަދަދަކަށް ޓެކްސް ބަލައިގަނެފައިވަނީ އައްޑޫސިޓީ ބްރާންޗުން

26 ޖެނުއަރީ 2018     6 years ago


ފާއިތުވި އަހަރު އެންމެ ގިނަ ޢަދަދަކަށް ޓެކްސް ބަލައިގަނެފައިވަނީ އައްޑޫސިޓީ ބްރާންޗުން

އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ  ކަލެކްޝަން ސެންޓަރުތަކުގެ ތެރެއިން ފާއިތުވި އަހަރު އެންމެ ގިނަ ޢަދަދަކަށް ޓެކްސް ބަލައިގަނެފައިވަނީ އައްޑޫސިޓީ ބްރާންޗުންކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ހާމަކޮށްފިއެވެ.

  މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް އެންފޯރސްމަންޓް ޑިޕާރޓްމަންޓް ފާތިމަތު އަމީޒާ ވިދާޅުވީ، ފާއިތުވި އަހަރުގެ ނިޔަލަށް އަތޮޅުތެރޭގެ 12 ސަރަހައްދެއްގައި މީރާގެ ކަލެކްޝަން ސެންޓަރުތައް ޤާއިމްކޮށްފައިވާ ކަމަށެވެ.

އައްޑޫގެ އިތުރުން ކަލެކްޝަން ސެންޓަރުތައް ޤާއިމްކޮށްފައިވާ ރަށްތަކުގެ ތެރޭގައި ހއ.ދިއްދޫ، ށ.ފުނަދޫ، ކ.މާފުށި، ދ.ކުޑަހުވަދޫ، ލ.ފޮނަދޫ ހިމެނެއެވެ. އަދި ހދ.ކުޅުދުއްފުށި، ބ.އޭދަފުށި، ފ.ނިލަންދޫ، ތ.ވޭމަންޑޫ، ގދ.ތިނަދޫ އަދި ފުވައްމުލަކު ސިޓީގައިވެސް މީރާ ކަލެކްޝަން ސެންޓަރުތައްވަނީ ޤާއިމްކޮށްފައެވެ.

މީރާގެ ކަލެކްޝަންތަކުން އެންމެބޮޑު ނަފާއެއް ހޯދި އައްޑޫގެ އިޤްތިސާދު ރަނގަޅު ކުރެއްވުމަށް ސަރުކާރުން ވެވަޑައިގެންނެވި އެއް ވަޢުދަކީ، ފާއިތުވި އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އައްޑޫގައި އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް 3،000 އެނދު ފައްކާ ކުރުމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބިޔަ މަޝްރޫޢެއް އިއުލާންކުރެއްވުމެވެ. އިސްމެހެލާހެރަ ވެސް ގުޅިފައިވަނީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައެވެ. އޭޕްރީލް 28، 2015 ގައި އިއުލާން ވެގެންދިޔަ އިސްމެހެލާހެރަ ޕްރޮޖެކްޓްގެ ދަށުން 600 އެނދު ހިމެނޭ ރިސޯޓެއް ތަރައްޤީ ކުރެވިގެންދާއިރު  އެތަނުން 1800 ވަޒީފާ އުފެދިގެންދާނެ ކަމަށް ބެލެވުނެވެ.

ތަފާސްހިސާބު ދައްކާގޮތުން މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީގެ 80 އިންސައްތަ ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. މިދިޔަ އަހަރު ޓެކުހުގެ ގޮތުގައި މީރާއަށް 15.2 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ.