އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޯކަލް ޑިމޮކްރަސީ އާއި ގުޅޭ ތަމްރީން ޕްރޮގްރާމެއްގައި އައްޑޫގެ ކައުންސިލަރުން

28 ޖެނުއަރީ 2018     3 years ago


ލޯކަލް ޑިމޮކްރަސީ އާއި ގުޅޭ ތަމްރީން ޕްރޮގްރާމެއްގައި އައްޑޫގެ  ކައުންސިލަރުން

ކައުންސިލަރުންނަށް އަމާޒުކޮށްގެން ތިން ދުވަހުގެ މުއްދަތަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު ފެށްޓެވި ތަމްރީން ޕްރޮގްރާމެއްގައި އައްޑޫގެ ތިން ކައުންސިލަރުން ބައިވެރިވެލައްވައެވެ.   

މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދެއްވާފައިވަނީ އަލަށް ހޮވިފައިވާ ކައުންސިލަރުންނަށެވެ. އައްޑޫން މި ޕްރޮގްރާމްގައި ބައިވެރިވެލެއްވީ، ކައުންސިލަރ ޖަމްޝީދާ މުހައްމަދާއި، ކައުންސިލަރ ފައިސަލް އިބްރާހީމް އާއި ކައުންސިލަރ ހުސައިން ހިޔާޒްއެވެ.

މި ޕްރޮގްރާމްގައި ތަމްރީންދެވޭ ބައިތަކުގެ ތެރޭގައި،  ލޯކަލް ޑިމޮކްރަސީ އާއި ކައުންސިލްތައް ބާރުވެރިކުރުވުމާއެކު ރައްޔިތުންގެ ހިއްސާ މުޖުތަމަޢުގައި އިތުރުކުރާނެ ގޮތްތައް ހިމެނެއެވެ. މިޕްރޮގްރާމް ރޭވިފައިވަނީ އެލްޖީއޭގެ ލަފަޔާއި އިރުޝާދު ލިބިގެން ކަމަށް ޓްރާންސްޕޭރަންސީ އިން މައުލޫމާތު ދެއްވިއެވެ.