އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލުން އައްޑޫސިޓީގެ ރައްޔިތުންނާ ބައްދަލުކުރުން މާދަމާ

26 ފެބުރުއަރީ 2018     6 years ago


ކައުންސިލުން އައްޑޫސިޓީގެ ރައްޔިތުންނާ ބައްދަލުކުރުން މާދަމާ

އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫގެ ރައްޔިތުންނާއެކު މިއަހަރު ބާއްވާ ފުރަތަމަ ބައްދަލުވުންތައް މިފެބްރުވަރީ މަހުގެ 27، 28 އަދި އަންނަ މާރިޗު މަހުގެ 1 ވަނަ ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ފުރަތަ ބައްދަލުވުން އޮތީ މާދަމާގެ ރޭ 20:30 ގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާގައެވެ. މިބައްދަލުވުމަކީ ހިތަދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ގެ ރައްޔިތުންނާ ބައްދަލުކުރުން އޮތީ އަންނަ އަންގާރަ ދުވަހުގެ ރޭ މަރަދޫ ބޮނޑޮގޭގައެވެ. އަދި ހުޅުދޫ، މީދޫ ގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމީދޫ ވިލާ ކޮލެޖްގައެވެ.

މިބައްދަލުވުންތަކަކީ ފާއިތުވި އަހަރުގެ ކައުންސިލްގެ ރިޕޯޓް ހުށަހެޅުމާއި މިހނގާ އަހަރު ކައުންސިލުން ކުރިއަށް ގެންދަން ރާވާފައިވާ ކަންކަން ރައްޔިތުންނާއި ހިއްސާކޮށް ރައްޔިތުންގެ ޙިޔާލާއި މަޝްވަރާ ހޯދުމަށް ބައްދަލުވުންތަކެކެވެ. އެހެންކަމުން ވީހާވެސް ގިނަ ރައްޔިތުން މިބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ކަންކަން ހިންގުމުގައި މަޝްވަރާއާއި ލަފާ ދިނުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.