އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޝަރަފުއްދީން ސްކޫލުގެ ސެން ކުލާހުގެ ދަރިވަރުންތަކެއް ތައްޔާރުކުރި ޕޯސްޓަރ ކައުންސިލާ ހަވާލުކޮށްފި

19 މާރޗް 2018     3 years ago


ޝަރަފުއްދީން ސްކޫލުގެ ސެން ކުލާހުގެ ދަރިވަރުންތަކެއް ތައްޔާރުކުރި ޕޯސްޓަރ ކައުންސިލާ ހަވާލުކޮށްފި

ޝަރަފުއްދީން ސްކޫލުގެ ޙާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކްލާހުގައި ކިޔަވަމުންދާ ދަރިވަރުން ތައްޔާރުކުރި ޕޯސްޓަރެއް މިއަދު ކައުންސިލަށް އަރުވައިފިއެވެ.

'އަލް-ނޫރު' ކްލާހުގެ ދަރިވަރުން ތައްޔާރުކުރި މިޕޯސްޓަރަކީ ވޯލްޑް ޑައުންސިންޑްރޯމް އެވެއަރނެސް ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތާއި ގުޅޭ ޕޯސްޓަރެކެވެ. މިޕޯސްޓަރުގައި ކައުންސިލްގެ ފަރާތުން ހަވާލުވީ ޒިންމާދާރު ވެރިޔާ މުޙައްމަދު ސައުދީ ހަސަންއެވެ. ޕޯސްޓަރާ ހަވާލުވުމަށްފަހު ކައުންސިލުންވަނީ ސެން ކްލާހުގެ ދަރިވަރުންނަށް ހަދިޔާ އަރުވާފައެވެ.

ވޯލްޑް ޑައުންސިންޑްރޯމް ދުވަހުގެ ގޮތުގައި 21 މާރިޗު ވާ ބުދަ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވާއިރު، މިއަހަރުގެ ޝިއާރަކީ 'ވަޓް އައި ބްރިންގ ޓު މައި ކޮމިއުނިޓީ' އެވެ. މިޝިއާރުގެ ދަށުން ދުވަސް ފާހަގަ ކުރުމަށް ހިންގާ ހަރަކާތެއްގެ ގޮތުން އެދުވަހު ދެކުލައިގެ އިސްޓާކީން ޖޯޑު ބޭނުންކުރުމަށްވަނީ ހަމަޖެހިފައެވެ.