އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އޭޝިއަން ބީޗް ގޭމްސް އަށް ފުރާ ޤައުމީ ރޯވިންގް ޓީމް އާއި ކައުންސިލްއިން ބައްދަލުކޮށްފި

25 ސެޕްޓެމްބަރ 2016     4 years ago


އޭޝިއަން ބީޗް ގޭމްސް އަށް ފުރާ ޤައުމީ ރޯވިންގް ޓީމް އާއި ކައުންސިލްއިން ބައްދަލުކޮށްފި

05 ވަނަ އޭޝިއަން ބީޗް ގޭމްސްގައި ބައިވެރިވާ ޤައުމީ ރޯވިންގް ޓީމް ވިއެޓްނާމަށް ފުރުމުގެ ކުރިން ކައުންސިލްއިން އެ ޓީމާއި ބައްދަލު ކުރައްވައިފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވުނު މިބައްދަލުވުމުގައި މޭޔަރ އަބުދުﷲ ސޯދިޤުގެ ވާހަކަފުޅުގައި ޤައުމީ ރޯވިންގް ޓީމަކީ އައްޑޫ ސިޓީއިން ނެރެފައިވާ ޓީމެއްކަމުން އެކަމާ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ކައުންސިލްގެ ފަރާތުން އަބަދުވެސް މިކަމަށް އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން މޭޔަރ ވަނީ ދެއްވާފައެވެ.

މިބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން މޭޔަރ އަބްދުﷲ ޞާދިޤް އިތުރުން ކައުންސިލަރ މުހައްމަދު ޔަސްރިފް އަދި ކައުންސިލަރ އަލީ ފަހުމީ އަހުމަދު ބައިވެރިވެވަޑައިގެންފައިވެއެވެ.

ވިއެޓްނާމަށް ފުރި ގައުމީ ރޯވިންޓީމްގައި ޖުމްލަ ދިހަ ބައިވެރިންގެ ހިމެނޭއިރު މިޓީމްގައި 8 އެތްލީޓުން ހިމެނެއެވެ.  މުބާރާތުގައި ރޯވިންގެ ކުޅިވަރުތައް ކުރިއަށްދާނީ 27 ސެޕްޓެމްބަރ އިން 01 އޮކްޓޯބަރގެ ނިޔަލަށެވެ.  ދިވެހި ގައުމީ ޓީމްގެ ފުރަތަމަ ކުރިމަތިލުން އޮންނާނީ މިމަހު 27 ގައެވެ. މިއަހަރު އޮންނަ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖެއިން ތިން ކުޅިވަރެއްގައި ވާދަ ކުރާނެއެވެ.