އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ މުވައްޒަފުންނަށް ސްކިލްސް ޑެވެލޮޕްމަންޓް ތަމްރީނު ޕްރޮގްރާމެއް

10 ޖުލައި 2018     5 years ago


ކައުންސިލްގެ މުވައްޒަފުންނަށް ސްކިލްސް ޑެވެލޮޕްމަންޓް ތަމްރީނު ޕްރޮގްރާމެއް

އައްޑޫސިޓީ ކައުންސިލާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގުޅިގެން ކައުންސިލްގެ އިދާރާގެ މުވައްޒަފުންނަށް ހިންގޭ 'ސްކިލްސް ޑެވެލޮޕްމަންޓް' ތަމްރީނު ޕްރޮގްރާމް ފެށިގެން ކުރިއަށް އެބަދެއެވެ.

ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ ތެރެއިން 20 މުވައްޒަފުން ހިމަނައިގެން ކުރިއަށްދާ މިތަމްރީނު ޕްރޮގްރާމަކީ ތިން ދުވަހަށް ބަހާލައިގެން ހިންގާ ޕްރޮގްރާމެކެވެ. ތަމްރީނުތައް ހިންގަނީ ކޮންމެ ދުވަހަކުވެސް ހެނދުނު 8:30 ން 16:00 އަށެވެ. މިތަމްރީނު ޕްރޮގްރާމް ނަންގަވައި ދެއްވަނީ އެލްޖީއޭގެ ފަރާތުން އެޑްވޮކެޓަރ ޕަބްލިކް އެޑްމިނިސްޓެރޭޝަން، މުޙައްމަދު ޝަނޫން އާއި، އެޑްވޮކެޓަރ ޕަބްލިކް ފައިނެންސް، އަހުމަދު ވިސާމް އާއި ޑިރެކްޓަރ، އަހުމަދު ހަސަން އެވެ.