އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ހިންގާ ދަބަސްފަހަން ދަސްކޮށްދޭ ކޯސް ފެށިގެން ކުރިއަށް އެބަދޭ

28 އޯގަސްޓް 2018     5 years ago


އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ހިންގާ ދަބަސްފަހަން ދަސްކޮށްދޭ ކޯސް ފެށިގެން ކުރިއަށް އެބަދޭ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމުކޮށްގެން އަންހެން ކަނބަލުންނަށް އަމާޒުކޮށް ހިންގާ ދަބަސްފަހަން ދަސްކޮށްދޭ ކޯސް ފެށިގެން ކުރިއަށް އެބަދެއެވެ.

އަންހެން ކަނބަލުން ބާރުވެރިކޮށް މަސައްކަތްތެރިކަމުގެ ހުނަރުތައް އުނގަންނައި ދިނުމުގެ ގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހިންގާ މިކޯހަކީ އައްޑޫސިޓީގެ ހުރިހާ އަވަށްތަކަށް ހުޅުވާލެވިގެން ބައިވެރިވި ފަރާތްތަކަށް ހިންގާ ކޯހެކެވެ. މިކޯހުގައި ބައިވެރިންނަށް އުނގަންނައި ދެއްވަނީ ފެހުމުގެ ދާއިރާއިން 24 އަހަރުގެ ތަޖުރިބާ ލިބިފައިވާ އުމުނިއްޔާ ނާސިރު އެވެ.

ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހާ ހަމަޔަށް ކުރިއަށްދާ މިކޯހުގެ އިތުރުން އެޑްވާންސްޑް ޕޭސްޓްރީ ކޯހެއްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މަޢުލޫމާތު ދެއްވައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މަޢުލޫމާތު ދެއްވި ގޮތުގައި އަންހެނުންގެ ކުރިއެރުމާއި ލާބަޔަށްޓަކައި ތަފާތު މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ވިސްނުން އެބަހުރި ކަމަށާއި ކުރިއަށް ހުރި ދުވަސް ތަކުގައި ކޮމިޓީގެ ފަރާތުން މިފަދަ ޕްރޮގްރާމްތައް ފެނިގެންދާނެ ކަމަށެވެ.