އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޝަރަފުއްދީން ސްކޫލުގެ ބަޔޯޓަރ ކްލަބުގެ ދަރިވަރުންތަކެއް ކައުންސިލާ ބައްދަލުކޮށްފި

12 ސެޕްޓެމްބަރ 2018     5 years ago


ޝަރަފުއްދީން ސްކޫލުގެ ބަޔޯޓަރ ކްލަބުގެ ދަރިވަރުންތަކެއް ކައުންސިލާ ބައްދަލުކޮށްފި

ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ޝަރަފުއްދީން ސްކޫލުގެ ބަޔޯޓަރ ކްލަބުގެ 5 ދަރިވަރަކު މިއަދު ކައުންސިލާ ބައްދަލުކޮށްފިއެވެ.

މިބައްދަލުވުމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ކުރިއަށް ގެންދާ 'ފަރުކޮއެ' ޕްރޮގްރާމުގެ ދަށުން ޕްލާސްޓިކަށް ނޫނެކޭ ބުނުމުގެ ގޮތުން ހިންގާ ހަރަކާތެއްގެ ގޮތުގައި ޝަރަފުއްދީން ސްކޫލުގެ ތިމާވެށި ކްލަބް ކަމަށްވާ ބަޔޯޓަރ ކްލަބުން އިސް ނަގައި މުޖުތަމަޢުގެ އެކި އެކި މުޢައްސަސާތަކާއި ކުންފުނިތައް ފަރުތަކާއި ތިމާވެއްޓަށް އަހުލުވެރިކޮށް ޕްލާސްޓިކް ނުގެންގުޅުމަށް ހިތްވަރު ދިނުމުގެ ގޮތުން ހިންގާ ކެމްޕޭނުގެ ތެރެއިން ބޭއްވުނު ބައްދަލުވުމުކެވެ.

މިބައްދަލުވުމުގައި ޝަރަފުއްދީން ސްކޫލުގެ ދަރިވަރުންވަނީ ޕްލާސްޓިކްގެ ސަބުބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާއި އެކަމުން މުޖުތަމައުއަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ ޕްރެޒެންޓޭޝަނެއް ކައުންސިލަށް ހުށަހަޅާފައެވެ. އަދި ޕްލާސްޓިކް ނުގެންގުޅުމަށް ހިތްވަރު ދިނުމުގެ ގޮތުން ހިންގާ ކެމްޕޭނާ ގުޅޭ ލީފްލެޓްތަކެއްވެސް ވަނީ ހުށަހަޅާފައެވެ.

'ފަރުކޮއެ' ޕްރޮގްރާމަކީ މިއަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސްކޫލުތަކުގެ ދަރިވަރުންގެ މެދުގައި ފަރުތަކާއި ކަނޑުތަކާއި ތިމާވެއްޓަށް ލޯބި ޖެއްސުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ ތެރެއިން ސްކޫލުތަކުގެ އެކި ގްރޭޑް ތަކުގެ ދަރިވަރުންނަށް ފަރުތައް ބަލާލައި ފަރުތަކުގެ މުހިންމުކަން ދެނެގަތުމަށް ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ޕްލާސްޓިކް ބޭނުންކުރާ މަދުކުރުމުގެ ގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްފަދަ ތަކެތި ސްކޫލްތަކުތެރޭގައާއި ސްކޫލްތަކުން ހިންގާ ހަރަކާތްތަކުގައި ބޭނުން ނުކުރުމަށް ވަނީ ނިންމާފައެވެ.